ފަޅޯ ޖޫސް މިގޮތަށް ތައްޔާރުކޮށް ބޭނުންކުރީމާ ކިޑްނީ ސާފުކޮށްލުމަށާ ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކޮށްލުމަށް ފައިދާކުރޭ!

ކިޔުމަށް ހޭދަވާނީ 40ސ
ފަޅޯ ޖޫސް މިގޮތަށް ތައްޔާރުކޮށް ބޭނުންކުރީމާ ކިޑްނީ ސާފުކޮށްލުމަށާ ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކޮށްލުމަށް ފައިދާކުރޭ!

ސިއުޒާ

 

ފަޅޮލަކީ ހައްދާލަންވެސް ފަސޭހަ ގަހެކެވެ. އެންމެ އަވަހަށް މޭވާ ލިބޭ އެއް ގަހެވެ. ގިނަ ބައަކަށް މީރުވެސް މޭވާއެކެވެ. ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބޭ މޭވާއެކެވެ. އެކަމަކު ބޭނުންކުރަނީ މަދު ބައެކެވެ.  

މިއަދު މިގެނެސްދެނީ ފަޅޯ ޖޫހެވެ. ފަޅޯ ޖޫހަކީ ކިޑްނީ ސާފުކޮށްލުމަށާއި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކޮށްލުމަށް ފައިދާހުރި ބުއިމެކެވެ. 

ބޭނުންވާނެ ތަކެތި:

ހެޔޮވަރު ފަޅޮލެއްގެ ހަތަރުބައިކުޅައެއްބައި

1 މެޒުމަތީ ސަމުސާ ކާށި ތެޔޮ

1 ލުނބޯގެ ހުތް

1 ކާށިގެ ފެން 

މި ހުރިހާ އެއްޗއް އެއްކޮށް މިކްސަރަށް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. 

މި ޖޫހުގެ ސަބަބުން ކިޑްނީގައި އުފެދޭ ހިލަތައް ވެއްޓުމުގެ އިތުރަށް ހަށިގަނޑުގައި ޖަމާވެފައި ހުންނަ ބޭކާރު ބައިތައްވެސް ހަށިގަނޑުން ބޭރުކޮށްލައިދެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން