އޮންލައިން ވިޔަފާރީގެ ދަތިތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އޮންލައިން ވިޔަފާރީގެ ދަތިތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެ ކަންކަމަށް އަވަސް ޙައްލެއް ހޯދައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން އާންމުކުރި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވި އާންމު ރައްޔިތަކު ވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި މިހާރު ކުރިމަތިވަމުންދާ އެކި އެކި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

އެ ވާހަކަތައް ވަރަށް ގާތުން އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، އޮންލައިން ވިޔަފާރިވެރިންނަށް ހުރި ދަތިތައް އެމަނިކުފާނު ސާފުކޮށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތަކަށް ޙައްލެއް ހޯދައިދެއްވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މުޢިއްޒު ޔަޤީންކަމާއެކު ވިދާޅުވިއެވެ.

ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ފަށާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން މިހާތަނަށް 5 އެޕިސޯޑު ވަނީ އާންމުކޮށްފައެވެ. މި އެޕިސޯޑުތަކުގެ ތެރެއިން އެކި ދާއިރާތަކުން 101 ރައްޔިތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް ވަނީ އަޑުއައްސަވާފައެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދި ހުށަހެޅެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާންކުރާ މުއްދަތުތަކުގައި، އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. ސަރުކާރުން މިހާރުވެސް ވަނީ އިތުރު ދާއިރާތަކުގެ ރައްޔިތުންނަށް މި ސިލްސިލާގެ ތެރެއިން ފުރުޞަތު ހުޅުވާލާފައެވެ.

މިއަދު އޮންލައިން