ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭ ޙާދިސާއެއް!: ދެމަފިރިން ލޯބިން އުޅޭތީ ޢާއިލާއިން ލީ އެސްފީނާއިން އަނބިމީހާގެ ފަހަތުގައި ބިރުވެނި ހިޔަނި އަޅައިގަތް ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭ ޙާދިސާއެއް!: ދެމަފިރިން ލޯބިން އުޅޭތީ ޢާއިލާއިން ލީ އެސްފީނާއިން އަނބިމީހާގެ ފަހަތުގައި ބިރުވެނި ހިޔަނި އަޅައިގަތް ޙާދިސާއެއްގެ ވާހަކަ-

އަހުރެންގެ ވާހަކަކޮޅު ފަށާނީ ގާތް އެކުވެރިއަކަށް ކުރިމަތިވި ކަމަކުންނެވެ.  

އެއީ ކައިވެންޏަށްފަހު ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. އެދެމީހުންގެ މެދުގައި ލޯބި އޮންނަ މިންވަރު ބޮޑުކަމުން ޢާއިލާގެ ގިނަބައަކު އެދެމަފިރިންނަށް ޙަސަދަވެރިވެއެވެ.  

ކައިވެންޏަށް 3 ވަނަ އަހަރު އަނބިމީހާ އަށް ވީގޮތެއް ނުއެނގުނެވެ. ގެއިން ނުކުމެގެންދިއައީއެވެ. އަނެއް ދުވަހު ވަރިވާން ކޯޓަށް ހުށަހަޅައިފިއެވެ. ކޯޓުގައި ދޫނުކޮށް ހިފެހެއްޓުމުން ފިރިމީހާއަށް ޖެހުނީ ވަރިކޮށްދޭށެވެ!  

ވަރިކޮށްދިނުމަށްފަހު ގުޅައި އުނދަގުލެއް ނުކުރެއެވެ. ގެންދިއައީ ދުޢާކުރަމުންނެވެ. ވަކިވެގެން ދިއަ އަނބިމީހާ އަނބުރާ ދެއްވެވުން އެދިގެނެއް ނޫނެވެ. ހެޔޮލަފާ އަންތބަކު ދެއްވެވުން އެދިގެންނެވެ. އެގޮތަށް ދުޢާކުރިނަމަވެސް އޭނާ ބޭނުންވެގެން ހުރީ ވަކިވެގެންދިއަ އަނބިމީހާއަށެވެ. 5 އަހަރުވީއިރުވެސް އޭނާ އެންމެ ކުޑަމިނުން ލޯބިވެރިއަކުވެސް ނުހޯދައެވެ. ދުޢާކުރުންމަތީގައި ހުރީއެވެ.  

އެއްދުވަހަކު އޮފީހުގައި އިންދައި ބައްދަލުކުރަން އަންހެނަކު އައިސް އެބަހުރިކަން އެނގުމުން ރިސެޕްޝަނަށް ދިއައިރު ކުރީގެ އަނބިމީހާއެވެ. ބައްދަލުވުމުން ހިނިތުންވެ ދެމީހުންވެސް ސަލާމްކުރިއެވެ.  

ވަރަށް ސިއްރުން އަނބިމީހާ ބުންޏެވެ. "އަހުރެން މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތީމެވެ. އަހުރެންގެ ކަންކަން ތިބާބެލިކަން އެނގޭތީއެވެ. ވީކަމެއް ވެނިމުނީއެވެ. ވަރިވުމަށްފަހު އަހުރެން ކުށެއް ނުކުރަމެވެ. އެހެން މީހަކާ ލޯބީގެ ގޮތުން ވާހަކައެއްވެސް ނުދައްކަމެވެ. އަހުރެން ތިބާގެ ގާތަށް މިއައީ އެންމެ ވހަކައެއް ބުނާށެވެ. އެއީ ވަކިވީ އަހުރެންކަމަށްވާތީ އަލުން ދެމީހުން ގުޅެން އިސްނަގަންޖެހޭނީ އަހުރެންނަށްކަން ޤަބޫލުކުރެވޭތީ އިސްނެގި ވާހަކަ ބުނާށެވެ. ތިބާ އެކަން ޤަބޫލުކުރާނަމަ އަވަހަށް ކައިވެނިކުރާށެވެ. އެކަމަކު މިފަހަރު އުޅޭނީ ތިއަ ގެއަކު ނޫނެވެ. އަހުރެން ގަނެފައިވާ އެޕާޓްމަންޓްގައި ދެމީހުން އެކަންޏެވެ. ބޭނުންނަމަ ހެކިވެރިން ގޮވައިގެން މިރޭ އަންނާށެވެ."  

ޒުވާނާ އެކަން ޤަބޫލުކޮށް ކައިވެނިކުރަން އަވަސްގެގަތެވެ. ކައިވެނިކުރެވުމުން އަނބިމީހާ ކިޔައިދިނެވެ. "އަހުރެންނަށް އެސްފީނާ ޖެހުނީއެވެ. މާބޮޑަށެވެ. އަރައިގަނެވުނީ ވަރަށް ފަހުންނެވެ. ވަރަށް ގިނަ މަސައްކަތް ކޮށްގެންނެވެ. ތިބާގެ ޢާއިލާއާއިއެކު ދިރިނުއުޅެން ނިންމީ އެހެންވެގެންނެވެ. އިތުރަށް ސުވާލުނުކުރާށެވެ. އެހެން ބައެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ވެގެން އެދިއައީ ވާންހުރި ގޮތެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެއްވެސް މީހަކާ އެއްވެސް ޝަކުވާއެއް ނުކުރުމެވެ."  

"އަދި އެއްވާހަކަ ބުނެލާނަމެވެ. ތިއަ ގެއަށް އަހުރެން ނުގެންދާށެވެ! އެގެއިން އަހުރެންނަށް ފެނުނު ބިރުވެރިކަންކަން ހަނދާންވުމުން މިހާރުވެސް ބިރުގަނެއެވެ. އިރުއޮއްސުނީންސުރެ ފަހަތުން ވިއްދައިގެން އުޅުނު ކަޅުހިޔަނި ހާދަބިރުވެރިއެވެ."

އެދެމަފިރިންގެ ކައިވެންޏަށް މިހާރު 7 އަހަރުވެއްޖެއެވެ. އެއްވެސް މައްސަލައެއް ނުޖެހެއެވެ. އުޅެނީ ނުލާހިކު ލޯބިންނެވެ. ވީމާ އަނބިމީހާ އެދެއްކި ވާހަކަތަކުގައި ޙަޤީޤަތެއްވާކަން އެބައެނގެއެވެ.  

އަހުރެންގެ ނަޞީޙަތަކީ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހަމައެކަކަށްވެސް ނުއަންގާށެވެ. އެކަކު އަނެކަކު ދެކެ ލޯބިވާވަރުވެސް ނުއަންގާށެވެ. ލޯބިން ކުރާ ކަންކަންވެސް އެހެން މީހުންނަށް ނުދައްކާށެވެ. އެކަންކަން ދެމަފިރިންގެ މެދުގައި އެކަނި ބާއްވާށެވެ! އެސްފީނާއަކީ ނުރައްކާ ކަމެކެވެ. ޖެހުމުން ނުލިބޭނެ ދެރައެއް ނެތެވެ. އެންމެ ދެރަކަމަކީ ސަލާމަތްވުން އުނދަގޫ ކަމެވެ.  

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

 

މިއަދު އޮންލައިން