ﷲ އާ ﷲ ގެ ދީން ޤަބޫލުނުކުރާ މީހުންގެ ތެރެއިންވެސް ޙަޤީޤަތް ޤަބޫލުކުރާ މީހުން އަހުރެމެންގެ ލޮބުވެތި ޞާޙިބާއަށް ތަޢްރީފްގެ ބަސްތައް ބުނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ﷲ އާ ﷲ ގެ ދީން ޤަބޫލުނުކުރާ މީހުންގެ ތެރެއިންވެސް ޙަޤީޤަތް ޤަބޫލުކުރާ މީހުން އަހުރެމެންގެ ލޮބުވެތި ޞާޙިބާއަށް ތަޢްރީފްގެ ބަސްތައް ބުނޭ!

ކިބުރުވެރިވެ ބޮޑާވެގެން ތިބި މީހުންގެ ވާހަކަ ނުދައްކަމާ ހިނގާށެވެ! އެމީހުންނަކީ ޙަޤީޤަތް އެނގުނަސް އެއީ ޙަޤީޤަތްކަމަށް ޤަބޫލުކުރާނެ ބައެއް ނޫނެވެ. އެމީހުން ތިބެން ބޭނުންވާނީ އެމީހުންގެ ގޮތުގައެވެ. އެފަދަ މީހުންނަށް ހުރީ އެންމެ ގަދަފަދަ ޢަޛާބެވެ.  

ﷲ ތަޢާލާއަށް އީމާން ނުވާ ކާފިރުންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ އަށް އެހާބޮޑަށް ތަޢްރީފްކުރަނީ ކީއްވެ؟ ކަމާއިމެދު ސުވާލުކުރާ މީހުން މިކަންކަމަށް ވިސްނައިލާށެވެ. އެއިރުން ވަރަށް ގިނަ ސަބަބުތައް އޮޅުންފިލާނެއެވެ. އިން ޝާ ﷲ  

"މިއީ ވެސް އަހަރެންގެ ހިތުގައި ރަސޫލް ﷺ އަށް ލޯބި އިތުވެގެންދިއަ ސަބަބެކެވެ.  

ބިޔަ ލަޝްކަރަކާއިއެކު މައްކާއަށް އެނބުރިވަޑައިގެން މައްކާ ފަތަޙަ ކުރެއްވެވީ ޞުލްޙަވެރިކަމާއިއެކުގައެވެ.  

އެތައް އަހަރެއް ވަންދެން މުސްލިމުންނަށާއި އިތުރު އެކަލޭގެފާނަށް ޢަދާވާތްތެރިވެ ދުއްތުރާތައް ކުރިމަތިކުރުވި، ހަނގުރާމަތައްކޮށް، އަނިޔާތައްކޮށް ލޭ އޮހޮރުވި، އެތައް ސަތޭކަ މުސްލިމުން ޝަހީދުކުރި ޢަދާވާތްތެރިންނަށް ވެސް ދެއްވެވީ ދީލަތި މާފެކެވެ.  

މިހުރިހައި ކަންކަމުގެ އިތުރުން ޢަދާވާތްތެރިން މިނިވަންކަމާއިއެކު ދޫކޮށްލެއްވެވީއެވެ.  

ޙަޤީޤީ ލީޑަރޝިޕަކީ މިއީއެވެ!" 

ރަސޫލް (ﷺ) އާއި ދީނީ މިނިވަންކަން!: 

"މައްކާގައި ހުންނެވިއިރު މުޝްރިކުންނަށް އިޙްތިރާމް ކުރެއްވެވިއެވެ.

މަދީނާގައި އިސްލާމީ އުންމަތުގެ ވެރިކަން ޤާއިމުކުރެއްވެވުމަށްފަހު ޔަހޫދީންނަށް އެމީހުންގެ ދީނުގައި ތިބުމުގެ މިނިވަންކަން ދެއްވެވިއެވެ.

ކްރިސްޓިއަނުންނަށް މިސްކިތްކޮޅުތަކަށް ދައުވަތު ދެއްވެވިއެވެ.  

މިކަންކަމަށް ކިޔަނީ އާދައާ ޚިލާފް ލީޑަރޝިޕެވެ."  

ރަސޫލް (ﷺ) ގެންނެވި އިންޤިލާބް:  

"މުޖުތަމައުތަކުން އަންހެނުންގެ ދަރަޖަ އިންތިހާއަށް ނިކަމެތިކޮށްފައިވަނިކޮށް އަންހެނުންގެ މަޤާމާއި ދަރަޖަ މަތިވެރިކުރެއްވެވިއެވެ.  

އެއިރު މުޖުތަމައުތަކުގައި އޮތީ ނަސްލީ ވާދަވެރިކަމެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ ޢަރަތްބަކުކަމުގައި ވުމަކުން އެހެން މީހުންގެ މައްޗަށް އެއްވެސް މަތިވެރިކަމެއް ނެތް ކަމަށެވެ.  

އެއިރު މުޖުތަމައުތަކުން ގޮވަމުން ދިއައީ އެމީހުންގެ ނަސަބާއި ޙަސަބު މަތިވެރިކުރުމަށެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ މުޅި އިންސާނިއްޔަތު މަތިވެރިކުރުމަށެވެ! މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށެވެ!"

މިއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަޢްރީފްކޮށް ދުނިޔޭގެ ފެންވަރުގެ ޢިލްމްވެރިއަކު ހާމަކުރައްވާފައިވާ ކަންކަމެވެ. އޭނާއަކީ މުސްލިމެއް ނޫނެވެ. އޭނާ އިސްލާމްވީކަން އަދި އެނގިފައެއް ނެތެވެ.  

މިވާހަކަތަކުން އެނގެނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު އޭނާ ވަރަށް ރަނގަޅަށް ދިރާސާކުރައްވާފައިވާ ކަމެވެ. އަދި އެކަމުން އޭނާއަށް ރަސޫލް  ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތުން ގިނަ ކަންތައްތަކެއްގެ ޙަޤީޤަތް އެނގުމުން ތަޢްރީފްކުރީކަމެވެ.

 

މިއަދު އޮންލައިން