އަތްމަތި ކިތަންމެ ދަތިވިޔަސް ދެރަވެ ކަރުއެލުވައި ނުލާށެވެ! އަހުރެމެންނަށް ކުރެވޭނީ މަސައްކަތެވެ! ދެއްވަވާނެވަރު ކަނޑައަޅުއްވަވަނީ ﷲ އެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަތްމަތި ކިތަންމެ ދަތިވިޔަސް ދެރަވެ ކަރުއެލުވައި ނުލާށެވެ! އަހުރެމެންނަށް ކުރެވޭނީ މަސައްކަތެވެ! ދެއްވަވާނެވަރު ކަނޑައަޅުއްވަވަނީ ﷲ އެވެ!

އަތްމަތި ކިތަންމެ ދަތިވިޔަސް، ދަތިޙާލުގަ އުޅެންޖެހުނަސް ދެރަވެ ކަރުއެލުވައި ނުލާށެވެ! އަހުރެމެންނަށް ކުރެވޭނީ މަސައްކަތެވެ! ދެއްވަވާނެވަރު ކަނޑައަޅުއްވަވަނީ ﷲ އެވެ! ވީމާ ތަނަވަސްވުމަކީ އެކަމަށް އެދުމުން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ! ތަނަވަސްކަން ލިބޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.  

ކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބު ނުކުރެވުމުން ނުވަތަ ޙާޞިލު ނުކުރެވުމުން ދެރަވެ ދިރިއުޅުމާއިގެން ކުރިއަށްދާން މަސައްކަތްކުރަން ފަސްޖެހުމަކީ މުސްލިމުންގެ ސިފައަކަށް ވެގެން ނުވާނެއެވެ. އޮތީ ބާރަށް ކުރިއަށްދާން މަސައްކަތްކުރުމެވެ.  

"ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރަން ބުރަވުމުން ނުވަތަ އުނދަގޫވުމުން އެކަމެއް ޙާޞިލުކުރަން ކުރާ މަސައްކަތް ހުއްޓައިނުލާށެވެ!  

ޙަޔާތުގެ އެއްވެސް ކަމަކީ ހަމަ ވަރަށް ފަސޭހައިން ޙާޞިލުކުރެވޭނެ ކަމެއް ކަމަށް ނުދެކޭށެވެ! ދިރިއުޅުމުގެ މާނައަކީވެސް އުފާވެރިކަމާއި ދަތިޙާލުގައި އުޅެންޖެހުމެވެ. ފަސޭހަކަމާއި އަދި ބުރަ އުފުލައިގެންވެސް އުޅެން ޖެހުމެވެ. އަޑިގަނޑުތަކާއި އުސްތައް ގިރާކުރަން ޖެހުމެވެ. 

އެންމެ ދަތި އުނަދަގޫ ޙާލަތުގައި އުޅެން ޖެހޭ ވަގުތަކީ އެމީހަކު އެންމެ ބޮޑަށް އިމްތިޙާންކުރެވިގެންދާ ވަގުތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކިތަންމެ ދަތިހާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް، ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބިފައިވީ ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުކުރުމުގައި ދެމިހުންނާށެވެ! ސާބިތުކަމާއިއެކު ދުވަސްތައް ހޭދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެފަދަ މީހުންނަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި ކާމިޔާބު ލިބިގެންދާނެއެވެ! ބޮޑުތަނުން ތަފާތުފެނުން އަވަސްވާނެއެވެ. އިން ޝާ ﷲ!"

 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން