ހިނައިގަތްކަން އެނގުމަކީ ލަދުގަންނަންޖެހެންވީ ކަމެއް ނޫން! ހިނައިގަތްކަން އަންގައިދޭނީ ތިބާ ﷲ ގެ ޙަޟްރަތަށް ލޯބިވާވަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހިނައިގަތްކަން އެނގުމަކީ ލަދުގަންނަންޖެހެންވީ ކަމެއް ނޫން! ހިނައިގަތްކަން އަންގައިދޭނީ ތިބާ ﷲ ގެ ޙަޟްރަތަށް ލޯބިވާވަރު!

ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޖުނުބްވެރި ޙާލުކޮޅުގައި ހުންނަވައިގެން ﷲ ތަޢާލާގެ ނަންފުޅު (ﷲ ތަޢާލާ) ވިދާޅުވަން ލަދުވެވަޑައިގެންނެވިކަން ޞަޙާބީންގެ ބަސްފުޅުތަކުން އެނގެން އެބައޮތެވެ. އެއީ އެކަމުގެ ބޮޑުކަން އަންގަވައި ދެއްވެވުމަށެވެ.  

އަހުރެމެން އެންމެ ހިނދުކޮޅަކުވެސް ﷲ ތަޢާލާގެ ނަންފުޅު ނުގަނެވޭ ޙާލުގައި ދުނިޔޭގައި ތިބެން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ ދުޢާކޮށް މަދަދަށް އެދެންޖެހޭ ޙާލަތެއް ކުރިމަތިވާނީ ކޮންވަޤުތަކުކަން އެނގެނީ ކާކަށް ހެއްޔެވެ؟  

ޖުނުބުވެރިވެއްޖެނަމަ ހިނަގަތުން ލަސްކުރުމުގެ ހުއްދަވެސް އެބަ އޮތެވެ. ނަމަވެސް އަހުރެން ބުނާނީ އެންމެ ރަނގަޅު ގޮތަކީ ހަމަ ވަޤުތުން ހިނައިގަތުން ކަމަށެވެ. އެއީ ޠޯހިރު ކަންމަތީގައި ހުރެވޭނީ  ހިނައިގަނެގެން ކަމަށްވާތީއެވެ.  

މުސްލިމުންނަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ފަތިސްނަމާދުކުރެވޭނީ ހިނައިގަނެގެންނެވެ. ކަންނެތްވެ ހިނައި ނުގަނެ ނިދުމުން ފަތިސްނަމާދުކުރަން ހުރަސްތައް ކުރިމަތިވެއެވެ. ހޭލެވޭއިރު އިރުއަރަން ކައިރިވެފައިހުރުމުން ނުވަތަ ބަންގިގޮވާ ވަޤުތު ގާތްވެފައި ހުރުމުން ޖަމާޢަތް ނުލިބުން ފަދަ ކަންކަން ކުރިމަތިވާތީއެވެ.  

ބައެއް މީހުން ހިނައިގަތުން ލަސްކުރަނީ ގޭގައި އުޅޭ އެހެން މީހުންނަށް އެކަން އެނގިދާނެތީ ގަންނަ ލަދަކުންނެވެ. ލަދުގަންނަންވީ ކޮން ކަމަކަށް ހެއްޔެވެ؟ ތިބާކުރީ ޙަލާލު ކަމެކެވެ. އަދި ހިނައި ގަތުމަށް އަވަސްވެގަތުމަކީ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. އެންމެ ރަނގަޅު ގޮތަށް ކަންތައްކުރަން ލަދުގަންނަންވީ ކީއްވެގެން ހެއްޔެވެ؟

ވީމާ ގޭގެ އެންމެންނަށް އެނގުނަސް ހިނައިގަންނާށެވެ! އެކަމުން ލިބެން އޮތް ފައިދާ ލިބިގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން