މަނިޔަފުށީގައި ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބުރު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
މަނިޔަފުށީގައި ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބުރު ފަށައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމް" ގެ މި އަހަރުގެ ތިންވަނަ ބުރު މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ރަސްމީކޮށް ފަށައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 15 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި އެއް އަންހެން ބައިވެރިއަކު ހިމެނެއެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، މެރިކަލްޗަރގެ ދާއިރާއިން ބޭނުންވާ މުހިންމު މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މެރިކަލްޗަރ ޓެކްނިކްތަކާއި، ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް މެނޭޖްކުރުމުގެ އިތުރުން ދިރޭ ކާނާ އުފެއްދުމާއި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު އުސޫލުތައް ދަސްކޮށްދިނުން ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މެރިކަލްޗަރގެ ދާއިރާއިން ދިވެހިންގެ ޤާބިލުކަން އިތުރުކުރުމާއި، ރާއްޖޭގައި އެކުއަކަލްޗަރގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.

މިއަދު އޮންލައިން