ސިއުޒާ
ބޭނުންވާނެ ތަކެތި:
ހެޔޮވަރު އަލަނާސީއެއްގެ ތޮށި
4 ލުނބޯ ފޮތި
އިނގުރު ކޮޅެއް
ފޮނިތޮށިކޮޅެއް
6 ވަރަކަށް ހައިބިސްކަސް ( ސައިމާ)
ފެން
ތެއްޔަކަށް މި ހުރިހާ އެއްޗެއް އަޅާލުމަށް ފަހު 7 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. ރަނގަޅަށް ކެކުމުން އުނދުން ނިވާލާށެވެ. އެއަށްފަހު ހައިބިސްކަސް (ސައިމާ) އެއްކޮށްލާށެވެ. އަދި ރަނގަޅަށް ކުލަ އަރަންދެން 5 ވަރަކަށް މިނިޓް ބަހައްޓާލާށެވެ.
މިއީ އެބްޑޯމިނަލް ބްލޮޓިންގ އާއި އަތުގަ ހުންނަ ދަޅުތަކަށް ރަނގަޅު ފަރުވާއެކެވެ. އަދި ލޭގަ ހުންނަ ހަކުރުގެ ބައި މަތިވުން ކޮންޓްރޯލް ކޮށްދެއެވެ. މީގެ އިތުރުންވެސް ކުޑަކުމުދާ ނިޒާމަށް ދިމާވާ މައްސލަތައް ހައްލު ކޮށްދީ ގުދުރަތީ ފަރުވާ ލިއްބައިދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު