މޯލްޑިވިއަނުން އެއަރބަސް A220-300 މަރުކާގެ ދެ ބޯޓު ހޯދަން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
މޯލްޑިވިއަނުން އެއަރބަސް A220-300 މަރުކާގެ ދެ ބޯޓު ހޯދަން އިއުލާންކޮށްފި

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެއަރބަސް A220-300 މަރުކާގެ ދެ ބޯޓު ހޯދުމަށް އިއުލާންކޮށް، އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އޮޕަރޭޓިންގ ލީސްގެ ދަށުން މި ދެ ބޯޓު ފޯރުކޮށްދިނުމަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި ހުށަހެޅޭ ސުވާލުތަކަށް އޮކްޓޫބަރު 19 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ދަތުރުތައް އިތުރަށް ފުޅާކޮށް، އެތެރެއާއި ބައިނަލްއަޤްވާމީ ގޮތުން ދަތުރުކުރާ މަންޒިލްތަކާއި ދަތުރުތަކުގެ ފްރިކުއެންސީ އިތުރުކުރުމަށްޓަކައި ފްލީޓަށް އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަމުންނެވެ.

މިއަދު އޮންލައިން