ސެގްމަންޓް 3ގެ އޭބީސީ ފަށަލަ ނިމި، މި ހަފުތާގައި ތާރު އަޅަން އެމްޓީސީސީއިން ތައްޔާރުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސެގްމަންޓް 3ގެ އޭބީސީ ފަށަލަ ނިމި، މި ހަފުތާގައި ތާރު އަޅަން އެމްޓީސީސީއިން ތައްޔާރުވެއްޖެ!

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ސެގްމަންޓް 3ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލައި، މި ހަފުތާގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

އަމީނީ މަގުގެ ސެގްމަންޓް 3ގެ މަސައްކަތް މި މަހުގެ 4 ވަނަ ދުވަހު ފަށާފައިވާއިރު، މި ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.

އެމްޓީސީސީއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ސެގްމަންޓް 3ގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ހޯމަ ދުވަހު ނިމޭނެކަމަށް ލަފާކުރެވެއެވެ. އަދި އެއަށްފަހު މި ހަފުތާގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައި، އަންނަ ހަފުތާގެ ތެރޭގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ސެގްމަންޓް 3ގައި ހިމެނޭ 1,924.77 އަކަމީޓަރުގެ ސަރަޙައްދުގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން