ފަރެސްމާތޮޑާ ބިން ހިއްކުމުގެ 77 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ފަރެސްމާތޮޑާ ބިން ހިއްކުމުގެ 77 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބިންހިއްކުމުގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ޖުމްލަ އަމަލީ މަސައްކަތުގެ 63 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.

ފަރެސްމާތޮޑާގެ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ އިތުރުން، ރަށް ގިރުމުން ސަލާމަތްކުރުމަށްޓަކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 142.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މިއަދު އޮންލައިން