ކަސްރަތު ކުރިޔަސް ޑައިޓްކުރިޔަސް ބަނޑު ނުހިނދޭ ސަބަބަކީ ލިވަރގަ ހުންނަ ވިހަތައް ކަމަށްވެދާނެ! މިއީ އެކަމަށް ޙައްލުލިބޭނެ ބުއިމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ކަސްރަތު ކުރިޔަސް ޑައިޓްކުރިޔަސް ބަނޑު ނުހިނދޭ ސަބަބަކީ ލިވަރގަ ހުންނަ ވިހަތައް ކަމަށްވެދާނެ! މިއީ އެކަމަށް ޙައްލުލިބޭނެ
ބުއިމެއް!

ސިއުޒާ

 

ތިބާގެ ބަނޑު ކުޑަ ނުވުމުގެ ފަހަތުގައި ވަނީ ކެއިން ބުއިމުގައި ނުބެލުމާއި އެކްސަސައިޒް ނުކުރުން ކަމުގައި ހީ ނުކުރާށެވެ. އެއީ ޓޮކްސިކް ލިވަރ ގެ ސަބަބުން ވާ ކަމެއްކަމަށްވެސް ވެދާނެއެވެ.  

ވަރަށް ފަސޭހައިން ލިބޭ މި ބާވަތްތައް ބޭނުން ކޮށްލައިގެން މިކަމަށް ހައްލު ހޯދިދާނެއެވެ.  

ބޭނުންވާނެ ތަކެތި:

1 ސައި ސަމުސާ ގާނާފަ ހުރި އިނގުރު

2/1 ސައި ސަމުސާ ރީނދޫ

2/1 ލުނބޯގެ ހުތް

ހޫނު ފެން

ޖޯޑަކަށް އިނގުރު ކޮޅާއި ރީނދޫ ކޮޅު އަޅާލުމަށްފަހު ކެކިކެކި ހުރި ފެންފޮދު އެއަށް އަޅާށެވެ. އަދި ރަނގަޅަށް ފޯވެލަންދެން 5 ވަރަކަށް މިނިޓް ބަހައްޓާލާށެވެ. އެއަށް ފަހު ލުނބޯ ހުތް ފޮދު އެއަށް އެއްކޮށްލާށެވެ. 

ތާފަނާ ކަންމަތީ ކޮންމެ ދުވަހަކު ހެނދުނު ހުސް ގޮހޮރާ މި ފެންފޮދު ބޮއެލާށެވެ. 

އިނގުރަކީ ބަނޑުން އިންފްލެމޭޝަން ދަށް ކޮށްދޭ އެއްޗެކެވެ. އަދި ރީނދުލަކީ ލިވާރ ސާފު ކޮށްލަދޭ އެއްޗެކެވެ. އަދި މިއަށް އަސޭމިރުސް ކޮޅެއް އެއްކޮށްލައިފިނަމަ މި މަސައްކަތްތައް 10 ގުނައަށް އިތުރު ކޮށްދެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން