ބައިވެރިޔާއަށް މަކަރުހެދުމަކީ ކުރެވޭ ކުށެއް ނޫން! އެއީ ހިންގާ ބޮޑު ޚިޔާނާތެއް! ބޮޑު ޖަރީމާއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބައިވެރިޔާއަށް މަކަރުހެދުމަކީ ކުރެވޭ ކުށެއް ނޫން! އެއީ ހިންގާ ބޮޑު ޚިޔާނާތެއް! ބޮޑު ޖަރީމާއެއް!: މުފްތީ މެންކް

ބައިވެރިނަކަމަށް ކިޔަނީ ކައިވެނިކުރުމުންނެވެ. ކައިވެނިކުރެވޭ ދެމީހުންނަކީ ޙަޔާތުގެ ދެބައިވެރިންނެވެ. ދިރިއުޅުން ކާމިޔާބުވެ ކުރިއަށްދާނީ ދެމީހުން އަމާނާތްތެރިވީވަރަކުންނެވެ.  

ފުރަތަމަ އޮތީ ﷲ ތަޢާލާއަށް އަމާނާތްތެރިވުމެވެ. ދެން އޮތީ ކައިވެނީގެ އިޤްރާރަށް އަމާނާތްތެރިވުމެވެ. އެކަންކަމުގައި އަމާނާތްތެރިވެއްޖެނަމަ އެކައިވެންޏެއްގައި އޮންނާނީ އުފާވެރިކަމެވެ.  

ނަމަވެސް ކައިވެނިކުރުމަށްފަހު ކަންކަން ކުރެވެނީ އެއިގެ އިދިކޮޅަށެވެ. އަމާނާތްތެރިވުމުގެ ބަދަލުގައި ވަނީ ޚިޔާނާތްތެރިއެވެ. ހަދަނީ މަކަރެވެ. ފަޅާއެރުމުން ބުނާނީ ކުށެއް ކުރެވުނީ ކަމަށެވެ. އެއީ ހަދާ އެންމެ ބޮޑު ދޮގެކެވެ. ސަބަބަކީ އެކަންކަމަކީ ކުރެވޭ ކަންކަމެއް ނޫނެވެ. ޤަޞްދުގައި ކުރާ ކަންކަމެވެ.  

ތިބާއަށް އިތުބާރުކޮށްގެން ހުރި މީހަކަށް މަކަރުހަދައި އޭނާގެ ހިތަށް އަނިޔާދީފައި އެއީ ކުރެވުނު ކަމެއްކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ކައިވެނިކުރަނީ ތަޝައްރަފް ފުދިގެންނެވެ. އެއީ ތަޝައްރަފްފުދިފައި ހުރި މީހަކު ބުނާނެވެސް ބަހެއް ނޫނެވެ. ސަބަބަކީ ޙަޤީޤީ ލޯބިވާނަމަ އެކަމެއް ނުކުރާނެއެވެ. މަކަރުހަދާނީ އަނެކާދެކެ ޙަޤީޤީ ލޯބިނުވާތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން