ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗުގެ ތަމްރީނަށް ދަރިވަރުން ފުރުމުން ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗުގެ ތަމްރީނަށް ދަރިވަރުން ފުރުމުން ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުން ތަމްރީނަށް ފުރުމާ ގުޅިގެން، އެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ފުރާފައިވާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ.

ރައީސް މުޢިއްޒު ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން