އަހަރުގެ ފުރަތަމަ 9 މަހު މުދަލު ޒަކާތުގެ އާމްދަނީ 100 މިލިއަނަށްވުރެ މައްޗަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އަހަރުގެ ފުރަތަމަ 9 މަހު މުދަލު ޒަކާތުގެ އާމްދަނީ 100 މިލިއަނަށްވުރެ މައްޗަށް!

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ މާލީ ރިޕޯޓަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %24 އިތުރު އަދަދެކެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 87.8 މިލިއަން ރުފިޔާއެވެ.

އަހަރުގެ ފުރަތަމަ 9 މަހުގެ ޖުމްލަ އާމްދަނީ އިތުރުވިނަމަވެސް، ސެޕްޓެމްބަރު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ އެމަހާ އަޅާބަލާއިރު ކުޑަކޮށް ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 5.2 މިލިއަން ރުފިޔާ ލިބިފައެވެ.

މުދަލު ޒަކާތަކީ ތިމާގެ މުދަލުގައި ނިޞާބު ހަމަވުމުން އެއިން ނެރުން ވާޖިބުވާ މާލީ އަޅުކަމަކަށްވާއިރު، އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުުގެނެސްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19,266.10 ރުފިޔާއެވެ.

މިއަދު އޮންލައިން