ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ

ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މޫދަށް އެރޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

ބަނދަރު ފުން ކުރުން – 11,132 ކިއުބިކް މީޓަރު

ބްރޭކްވޯޓަރ – 477 މީޓަރު

ރެވެޓްމަންޓް – 129 މީޓަރު

ކުއޭ ވޯލް – 1 މީޓަރު

މޫދަށް އެރޭ ސަރަހައްދުގެ ބްރޭކްވޯޓަރ – 387 މީޓަރު

މޫދަށް އެރޭ ސަރަހައްދު ކޮނުން – 1,104 ކިއުބިކް މީޓަރު

ޖެޓީ – 198 މީޓަރު * 2 މީޓަރު

ބްރިޖް – 6 މީޓަރު * 2 މީޓަރު


ހަބަރު: ސަރުކާރު

މިއަދު އޮންލައިން