އަހުރެމެންނަކީ މުސްލިމުންކަމުގައިވާއިރު މުސްލިމުން ޘާބިތުވެ ތިބެން އޮތްގޮތުގެ މިޘާލު ﷲ ތަޢާލާ ވަނީ ޖައްސަވައިފައެވެ.
"ﷲ ރަނގަޅު ގަހެއްގެ މިސާލު ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ އެގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިސާލު އެވެ."
މުސްލިމުން ތިބެންވީ ކަދުރުރުކެއް ފަސަދައިންނެވެ. މޫތައް ބިމަށް ފައިބާފައި ހުންނާތީ ޢާންމު ވިއްސާރައެއްގައި ވައިގަދަވިޔަސް ޘާބިތުކަމާއިއެކު ރުއް ތެދަށް ހުރެއެވެ. އަދި ބާރުގަދަ ވައިރޯޅިއެއްގައި ކުރި ހެލިލިޔަސް ވައިރޯޅިދާއިރަށް ކުރިން ހުރި ގޮތަށް ތެދުވެއެވެ.
މިއީ އީމާންކަމުގައި އަހުރެމެން ޘާބިތުވެ ތިބެން އޮތްގޮތެވެ. މިފަދައިން ޘާބުިތުވެ ތިބޭނަމަ އަހުރެމެން ބަލިކަށިނުކުރެވޭނެއެވެ. ހިތްދަތިކަން ބޮޑުވެ މާޔޫސް ބައްޔެއްވެސް ނުޖެހޭނެއެވެ. މީގެ މާނައަކީ ހިތްދަތިނުވުމެއް ނޫނެވެ. ހިތްދަތިކަން އަބަދުވެސް ކުރިމަތިވާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން މާޔޫސްބަލިޖެހޭ ޙިސާބަކަށް ކަންކަމެއް ނުދާނެތެވެ. އިން ޝާ ﷲ. . އެއިގެ އިތުރަށް އަޅުކަންކުރުމުގައިވެސް ޘާބިތުކަމާއެކު ދެމިތިބެވޭނީވެސް އީމާންކަމުގައި ޘާބިތުވެ ހުރެވިގެންނެވެ.
ވީމާ ﷲ ތަޢާލާ ދައްކަވާފައިވާ މިޘާލުގައި ޘާބިތުވެ ތިބެމާ ހިނގާށެވެ! އެއިރުން ދެދުނިޔެވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- މިއަދުނޫސް