އިމާރާތްކުރުމުގެ މިންގަނޑުތަކަށް ނުފެތޭ ފަރާތްތައް 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިމާރާތްކުރުމުގެ މިންގަނޑުތަކަށް ނުފެތޭ ފަރާތްތައް 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަނީ

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތައް، ޤަވާއިދުގައިވާ ސަލާމަތީ މިންގަނޑުތަކަށް ފެއްތުމަށް އެޗްޑީސީން އަންގައިފިއެވެ. އަދި މި މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެޗްޑީސީން ވިދާޅުވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން 2019 ވަނަ އަހަރު ޖަނަވަރީ މަހު ގެޒެޓްކޮށްފައިވާ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ގެންގުޅެންޖੋހޭ މިންގަނޑުތަކުގެ ޤަވާއިދާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

މި ޤަވާއިދުގައިވާ ކަންކަން ހަމައަކަށް އަޅުވައި، އިސްލާހުކޮށް ނިންމުމަށް ދީފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައިވެސް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ފުރިހަމަކޮށްގެންކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ޤަވާއިދަށް އަމަލުނުކުރާ ފަރާތްތަކުގެ ކުޑަބޮޑުމިނަށް ބަލައި، ވުޒާރާއަށް 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވެއެވެ. މާލެ ސަރަހައްދުގައި ހިންގާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ އެންމެ ބޮޑުބައެއް ހުޅުމާލޭގައި ކުރިއަށްދާއިރު، މިފަދަ ފިޔަވަޅުތަކަކީ މަސައްކަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން