މިފްކޯއިން މަސް ގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މިފްކޯއިން މަސް ގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ސަރުކާރުގެ މައި މަސް ކުންފުނި މިފްކޯއިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް ދެން މަސް ގަންނަމުންދާނީ ތިން ރޭޓެއްގައެވެ. މި ބަދަލަކީ ބައިނަލްއަޤްވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ ހަމަ އަގެއް ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ގެނެވުނު މުހިންމު ބަދަލެއް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މިފްކޯއިން އަލަށް ކަނޑައެޅި ރޭޓުތަކަށް ބަލާއިރު:

- 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ: ކިލޯއެއް 21 ރުފިޔާއަށް - 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ: ކިލޯއެއް 22 ރުފިޔާއަށް - 8 ޓަނަށްވުރެ މަތިން މަސް ކިރުވާނަމަ: ކިލޯއެއް 22.75 ރުފިޔާއަށް

އެ ކުންފުނިން ވިދާޅުވީ، ކަނޑައެޅިފައިވާ މި އައު ރޭޓުތަކުގައި ގދ. ތިނަދޫ ބަނދަރު، ޅ. ފެލިވަރު ބަނދަރު، ހއ. އިހަވަންދޫ ބަނދަރު، ލ. ހިތަދޫ ބަނދަރު އަދި މ. މުލަކު ބަނދަރުން މިއަދުން ފެށިގެން މަސް ގަންނަމުންދާނެ ކަމަށެވެ.

މިފްކޯއިން މަސް ގަންނަ އަގުތަކަށް މި ބަދަލު ގެނެސްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، މަހުގެ ސަޕްލައިއާއި ޑިމާންޑަށް ބަލައި ފޭސްތަކަކަށް ބަހާލައިގެން މީގެ ކުރިންވެސް ވަނީ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިދިޔަ ޖޫން މަހު މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު މަހު ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިއަދު އޮންލައިން