ރާއްޖޭގެ ކަނޑުއަޑީގެ ފުން ހިސާބުތަކުގެ ދިރާސާ ހޯދުންތައް އާންމުންނާ ހިއްސާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ރާއްޖޭގެ ކަނޑުއަޑީގެ ފުން ހިސާބުތަކުގެ ދިރާސާ ހޯދުންތައް އާންމުންނާ ހިއްސާކޮށްފި

ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ފުން ހިސާބުތައް ސާވޭކޮށް އެ ހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތުތަކުގެ ދިރާސާ ހޯދުންތައް އާންމުންނާ ހިއްސާ ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި، އިނގިރޭސި ވިލާތުގެ ނެކްޓަން ފައުންޑޭޝަންއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން "ނެކްޓަން ފަސްޓް ޑިސެންޓް: މޯލްޑިވްސް"ގެ ހޯދުންތައް ހިއްސާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ އިވެންޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގޭ ޤައުމީ ޔުނިވާރސިޓީގެ ޗާންސެލަރ ޑރ.މަހަމޫދު ޝައުޤީއެވެ.

މިއިވެންޓަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރާ އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ނެކްޓަން ފައުންޑޭޝަން އާއި ގުޅިގެން، 2022ގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ދިވެހިރާއްޖޭގެ ހަ އަތޮޅު (މާލެ، ވާވު، ލާމު، ހުވަދޫ، އަދި އައްޑު)ގެ ކަނޑުއަޑީގެ ފުން ހިސާބުތަށް ސާރވޭކޮށް، އެހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތު ނެގުމަށް، ފުރަތަމަ ފަހަރަށް ކުރެވުނު ދިރާސާ މަސައްކަތުގެ އަލީގައި މިހާތަނަށް ޝާއިރުކުރެވިފައިވާ ދިރާސާ ހޯދުންތައް އަދި އެއްކުރެވުނު މައުލޫމާތައް ބިނާކޮށް ކުރެވެމުންދާ އިތުރު މަސައްކަތްތައް އާންމުންނާ ހިއްސާ ކުރުމަށް ބޭއްވުނު އިވެންޓެކެވެ.

މިއިވެންޓްގައި މިދިރާސާ އެކްސްޕެޑިޝަން ރޭވުމުގައާއި ދިރާސާ މަސައްކަތް ކުރުމަށް ހިންގުނު އޮޕެރޭޝަންތަކާއި، ކަނޑުއަޑީގެ ފުން ހިސާބުތަކަށް ސާރވޭކުރުމަށް ބޭނުން ކުރެވުނު ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ވަނީ ދީފައެވެ. އަދި އެކްސްޕެޑިޝަން ހިނގައި ދިޔަ އިރު ކުރެވުނު މަސައްކަތްތަކަށް ބިނާކޮށް ކުރު ފިލްމް ކްލިޕްތަކެއްވެސް ދައްކުވާދެވުނެވެ.

މީގެ އިތުރުން، މިހާތަނަށް ހޯދުނު މައިގަނޑު ނަތީޖާތަކާއި، ޝާއިރުކުރެވުނު ދިރާސާތަކާއި، އަދި މިސާރވޭ އެކްސްޕެޑިޝަންގައި ނެގުނު މައުލޫމާތުތަކަށް ބިނާކޮށް ކުރެވެމުންދާ އެކިއެކި އެނަލިސިސްތަކާ ބެހޭ މަޢުލޫމާތާއި ކަނޑުއަޑީގެ ފުން ހިސާބުތަކުގެ ދިރުންތަކާއި ބެހޭ ގައިޑެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި މިދިރާސާ މަސައްކަތުގައި ނެގުނު ސްޕެސިމެންސްތައް ދެނެގަތުމަށް މިހާތަނަށް ކުރެވުފައިވާ މަސައްކަތްތަކާއި ބޭއްވުނު ވޯކްޝޮޕްތަކާއި އެމަސައްކަތްތަކުގެ ހޯދުންތަކުގެ މައުލޫމާތުތައްވެސް ހިއްސާ ކުރިއެވެ.

މިއަދު އޮންލައިން