ދުވާލަކު 1000 ފަހަރު ޝަހާދަތްކިޔަސް ކާފިރަކަށްވާނެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދުވާލަކު 1000 ފަހަރު ޝަހާދަތްކިޔަސް ކާފިރަކަށްވާނެ މީހުން!

ބުނަން ހެއްޔެވެ؟ ޒަކާތް ނުދިނަސް، ރަމަޟާން މަހު ރޯދަ ނުހިފިޔަސް، ޙައްޖުނުވިޔަސް އެމީހާއަކީ ކާފިރަކަށް ނުވާނެއެވެ. ފަރުޟްތައް އަދާނުކުރާނަމަ ވާނީ ފާފަވެރިއެވެ. ނަމަވެސް ދުވާލަކު 1000 ފަހަރު ދުލުން ޝަހާދަތްކިޔަސް ކާފިރުންނަށްވާނެ މީހުން އެބަތިއްބެވެ. އެއީ ނަމާދުނުކުރާ މީހުންނެވެ.

އެކަމަށް އިންކާރު ކުރެވޭނެ ގޮތެއް ނެތެވެ. އިތުރު ދަލީލަކަށް ބޭނުމެއްވެސް ނުވެއެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައި ނަމާދުނުކުރުންކަމަށް އޮތުމުންނެވެ. އެބަސްފުޅުން އެނގެނީ ނަމާދުތަކަށް ރައްކައުތެރިނުވާ މީހާ އެހުންނަނީ ދީނުން ބޭރުވެގެން ކަމެވެ.

އިސްލާމްވުމަށްފަހު ނުވަތަ މުސްލިމުން މުސްލިމުންގެ ގޮތުގައި ދެމިތިބުމަށްޓަކައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހެނީ ނަމާދުކުރުމަށެވެ. އެކަން ނުއެނގޭ ހަމަ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. ނަމަވެސް ގިނަ ބައަކަށް އެންމެ ބޮޑަށް ފަރުވާކުޑަކުރެވެނީ ނަމާދުކުރުމަށެވެ.  

އެހެންވެ އެންމެ ގިނަ ބައަކު ކާފިރުވަނީ ނަމާދު އެޅުމުންނެވެ! ނަމާދު އެޅުމަކީ އެއްގޮތަކަށް ވެސް ނަމާދު ނުކޮށް ހުރުން އެކަންޏެއް ނޫނެވެ. ފަރުޟު ކުރެއްވެވި 5 ނަމާދު ޤަވާއިދުން ނުކުރުމަކީވެސް ނަމާދު އެޅުމެވެ.  

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ޤަޞްދުގައި އެންމެ ނަމާދެއް އެޅި ނަމަވެސް އެމީހަކު ކާފިރުވާނެ ކަމަށެވެ. މާނައަކީ އެހައިވެސް ބިރުބޮޑު ކަމެކެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ޤަވާއިދުން ނަމާދުކުރާ މީހަކަށް އެންމެ ނަމާދެއް އެޅުނު ނަމަވެސް ނަމާދަށް އިންކާރު ނުކުރާ ނަމަ ކާފިރު ނުވާނެ ކަމަށެވެ. ނަމަވެސް އެމީހާ އެކުރީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.  

އެހެންކަމުން އެންމެ ރައްކައުތެރިކަން ބޮޑު ގޮތަކީ އެންމެ ނަމާދެއްވެސް ނުއެޅުމެވެ. އެއްވެސް ސަބަބަކާއި ހުރެ ނަމާދެއް ވަގުތުގައި ނުކުރެވިއްޖެ ނަމަ އޮތީ ވީހައި އަވަހަކަށް އެނަމާދުކޮށް 5 ނަމާދު ފުރިހަމަކުރުމެވެ. 

ޙަދީޘްފުޅުގައި އޮތީ އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އެޅުން ކަމަށެވެ. ވީމާ އެންމެ ނަމާދެއް ނަމަވެސް ނުކުރުމަކީ ވަރަށް ބިރުހުރި ކަމެކެވެ. ހަމައެކަނި ހުކުރަށް ގޮސް އުޅޭ މީހުންގެ އިސްލާމް ކަމާއިމެދު ސުވާލު އުފެދެނީ މި ސަބަބުތަކަށްޓަކައެވެ.  

Hadith on Kufr: Between faith and disbelief is leaving prayer

Jabir reported: The Prophet, peace and blessings be upon him, said, “Verily, between a man and idolatry and unbelief is abandoning the prayer.” 

Source: Ṣaḥīḥ Muslim 82

Grade: Sahih (authentic) according to Muslim

  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން