ކަމެއް ކުރިމަތިވާއިރަށް އެއީ އަރައިނުގަނެވޭނެ ބޮޑުކަމެއް ކަމަށް ވިސްނުވައިދީ ގޮތްހުސްކުރުވަނީ އިބްލީހާ އޭތީގެ އެޖެންޓުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަމެއް ކުރިމަތިވާއިރަށް އެއީ އަރައިނުގަނެވޭނެ
ބޮޑުކަމެއް ކަމަށް ވިސްނުވައިދީ ގޮތްހުސްކުރުވަނީ އިބްލީހާ އޭތީގެ އެޖެންޓުން!

 

ކޮންމެ ދީނެއްގެ ކޮންމެ ފަލްސަފާއަކުން ބެލި ނަމަވެސް ދުނިޔެއަކީ އަބަދު އަރާމު ތަންމައްޗެއް ނޫނެވެ. ކިތަންމެ މޮޅު އުސް ގޮދަޑިއެއްގައި ނިދާ މީހާއަށް ތަޅުންގަނޑުގައިވެސް ނިދަންޖެހެއެވެ. އެކަމުގެ ވަރަށް އާދައިގެ މިސާލެއް ވެސް ބުނެފާނަމެވެ. ދުނިޔޭގެ އެންމެ މުއްސަނދިންނަށް ޖެހޭ މައްސަލަތަކާއި ގުޅިގެން އަރާމު މަޑު ގޮދަޑީގައި ނުނިދައި ހަރުތަންތަނުގައި ނިދަން ޑޮކްޓަރުން އެބަ ބުނެއެވެ. އެ ހިސާބުން އެމީހާގެ އަރާމު ގޮދަޑި ޖެހެނީ އޮތްތަނުގައި ބާއްވާށެވެ! ނިދަން ޖެހޭނީ ހަމަ ހަރުތަނެއްގައެވެ.  

ވީމާ އަބަދުވެސް ދިރިއުޅެންވާނީ ކޮންމެ ވަގުތަކުވެސް ކޮންމެ މުޞީބާތެއް ވެސް ޖެހިދާނެ ކަމަށް ބަލައިގެންނެވެ. ކުރިމަތިވާ ކަންކަމަށް ކެތްތެރިވުމުގެ ޤާބިލުކަން ނެތް ނަމަ އެމީހާގެ އީމާންކަން ނެތް ކަމުގެ އިތުރުން އެމީހަކީ މީހަކަށްވެސް ނުވާނެއެވެ!

ދިރިއުޅުމުގައި ކުރިމަތިވާ ވަރަށް އާދައިގެ ކުދިކުދި ކަންކަން ކުރިމަތިވުމުން ވެސް ބައެއް މީހުންނަށް އެކަން ވަނީ ވަރަށް ބޮޑު މުޞީބާތަކަށެވެ. އެކަމުގެ ސަބަބުން މީހާއަށް ދިރިއުޅެން އުނދަގޫ މައްސަލައަކަށެވެ. ހީވާނީ "އުޑު ބޮލަށް ވެއްޓުން" ފަދަ ބޮޑު މުޞިބާތެއް ކުރިމަތިވެގެން އުޅޭހެންނެވެ.  

އިންސާނުން މިޙާލަތަށް ވައްޓައިލަނީ ހަމަ ޝައިޠޯނާއެވެ! ދިމާވި ކުޑަކުޑަ ކަންތައް އެއީ އިންތިހާއަށް ބޮޑުކަމެއްގެ ގޮތުގައި ވިސްނައިދެނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ އެންމެ ބޮޑު ބޭނުމަކަށްވެފައި އޮންނަނީ އެމީހާއަށް ދިމާވި ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައި އީމާންކަމާއި ދުރުކުރުމަށް މަސައްކަތްކުރުމެވެ. އަހުރެމެންނަށް އޮތީ އެކަންކަމަށް ހޭލުންތެރިވެ ދީނުގައި ޘާބިތުވެ ތިބެން މަސައްކަތްކުރުމެވެ.  

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން