މަޑިހާ ކުންފުނިން މާލޭގައި ހިންގާ އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް 3 ދުވަހުގެ ޚާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.އޮކްޓޯބަރ 15ން17 އަށް ކުރިޔަށްދާ ޕްރޮމޯޝަންގައި މުހިންމު ގްރޯސަރީގެ ބާވަތްތަކާއި ތާޒާމޭވާ އަދި ކެއުމަށް ބޭނުންވާ އެހެން ބައެއް ބާވަތްތައް ހިމެނެއެވެ.
މި ޕްރޮމޯޝަންގެ ދަށެން މިހުރިހާ ބާވަތްތައް ވަރަށް ހެޔޮއަގެއްގައި މާލެއާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުން ލިބިވަޑައިގަންނަވާނެއެވެ. ޕްރޮމޯޝަންގެ ދަށުން މިފަހަރު އަގުހެޔޮކޮށް ލިބިވަޑައިގަންނަވާނެ ބާވަތްތަކުގެ ތެރޭގައި ފިޔާ، އަލުވި، ފުލް ޗިކަން ، ކެވެންޑިޝް ދޮންކެޔޮ، ބްރައުން ބިސް، އަންނާރު، އެޕަލް އދި އޮރެންޖް އެވެ.
މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ގަންނަންބޭނުންވާ ކެއުމުގެ ބާވަތްތައް ހެޔޮ އަގެއްގައި ސްޓޮކް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުފަންވެލި ފިހާރަތަކުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ތާޒާ ވޭވާއާއި ތަރުކާރީގެ އިތުރުން އެއްގަމުމަހުގެ ބާވަތްތައް ތާޒާކަމާއި އެކު އަގުހެޔޮކޮން ގެނެސް ދިނުމަށެވެ.
ގްރޯސަރީ އަށް ކުރަންޖެހޭ ޚަރަދު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާއިރު މިގޮތަށް ހެޔޮ އަގެއްގައި އެއްތަނަކުން ބޭނުން ހުރިހާބާވަތްތައް ލިބެން ހުރުމަކީ ކަސްޓަމަރުންނަށް ވަރަށް ފަސޭހަވާނެ ކަމެކެވެ.
އެހެން ކަމުން ހުރިހަބޭފުޅުންވެސް ސޭލްގެ މުއްދަތުގެ ތެރޭގައި އެންމެ ކައިރީގައި ހުރި އުފަންވެލި ފިހާރަޔަކަށް ވަޑައިގެން މިބާވަތްތައް ބައްލަވައިގަތުން އެފިހާރައިން އެދެއެވެ.ޕްރޮމޯޝަންގެ މުއްދަތު : އޮކްޓޯބަރު 15-17 ، 2026އަށް މާލެއާއި ހުޅުމާލޭގައި ހުރި ހުރިހާ އުފަންވެލި ފިހާރަތަކުން