ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު %225 އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު %225 އިތުރުވެއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ދިވެހީން އުފައްދާ ތަކެތި އެއް ތަނަކުން ދައްކާލައި، އެ ތަކެއްޗަށް މާކެޓު ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވާ މުހިންމު ހަރަކާތެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ މަޢުރަޒަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. އެގޮތުން 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މި އަހަރުގެ މަޢުރަޒުގައި 780 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ %225 ގެ ބޮޑު އިތުރުވުމެކެވެ. މީގެއިތުރުން، މިދިޔަ އަހަރު 2،400 އައިޓަމް ބައިވެރިކުރިއިރު، މި އަހަރު އެ އަދަދު %100 އިތުރުވެ، 4،800 އުފެއްދުން މަޢުރަޒުގައި ބައިވެރިކުރެވޭނެއެވެ.

މި އަހަރުގެ މަޢުރަޒު ހަތް ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މީގެ ތެރޭގައި އަލަށް ހިމެނި 'ވިޒިޓަރ އިކޮނޮމީ' އަދި 'އިންޓަރނޭޝަނަލް' ޑިސްޓްރިކްޓް ހިމެނެއެވެ. 

މިގޮތުން މި އަހަރުގެ މަޢުރަޒުގެ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓުގައި 10 ރަށަކުން ބައިވެރިވެއެވެ. އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓުގައި ޗައިނާގެ 15 ވިޔަފާރިއަކުން ކުދި ވިޔަފާރިތަކަށް ބޭނުންވާ ޓެކްނޮލޮޖީއާއި ޓޫލްސް ތަޢާރަފްކުރާއިރު، އިންޑިއާގެ 15 ފަރާތަކުން ވެސް ބައިވެރިވެއެވެ. އަދި ޔޫ.އޭ.އީގެ ފަރާތްތައް ބައިވެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މިއަދު އޮންލައިން