މާރުކޭޓް ސަރަޙައްދު ހުސްކުރުން: މާދަމާގެ ނިޔަލަށް ފަހު މުޙުލަތެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މާރުކޭޓް ސަރަޙައްދު ހުސްކުރުން: މާދަމާގެ ނިޔަލަށް ފަހު މުޙުލަތެއް ދީފި

މާލޭގައި ޒަމާނީ ފެންވަރުގެ މާރުކޭޓް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމަށްޓަކައި، މިހާރު ލޯކަލް މާރުކޭޓު ހިންގަމުންދާ ސަރަޙައްދު މާދަމާގެ ނިޔަލަށް އެއްކޮށް ހުސްކުރުމަށް ފަހު މުޙުލަތެއް ދީފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުން މިހާތަނަށް ލަސްވެފައިވަނީ، މަޝްރޫޢަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ނުވާތީ ކަމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ބުނެއެވެ. އެ ބިން ހަވާލުނުކުރެވި ދިގުލައިގެން ދިއުމުގެ ސަބަބުން ކޮންޓްރެކްޓަރަށް ދީފައިވާ މުއްދަތުގައި މަސައްކަތް ނުފެށި، އެ ކުންފުނީގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ލިބެމުންދާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫޢަށް ކުރިމަތިވެފައިވާ ހުރަސްތައް ޙައްލުކުރުމުގެ ގޮތުން، މާލޭ ތައިސޭ ކޮށި ބިއްދޮށުގައި އޮތް ބިމެއްގައި ވަގުތީ މާރުކޭޓެއް ތަރައްޤީކޮށް، ވިޔަފާރިވެރިންނަށް ކުދި ގޮޅިތައް މިހާރު ވަނީ ދޫކޮށްފައެވެ. ވިޔަފާރިތައް ވަގުތީ ތަނަށް ބަދަލުކުރުމާއެކު، މާދަމާގެ ނިޔަލަށް މައި މާރުކޭޓް ސަރަޙައްދު އެއްކޮށް ހުސްކުރެވި، އައު އިމާރާތުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން