ފެނަކައިގެ އެމްޑީ ކަމުން މުޙައްމަދު އަފީފު ވަކިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފެނަކައިގެ އެމްޑީ ކަމުން މުޙައްމަދު އަފީފު ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަޤާމުން ވަކިކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އޭނާ މަޤާމުން ވަކިކޮށްފައިވާކަން ރަސްމީކޮށް ކަށަވަރު ކޮށްދެއްވާފައެވެ.

ޕީސީބީން މަޢުލޫމާތު ދެއްވި ގޮތުގައި، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުންނާއި، މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކޮށްފައިވަނީ މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިންނެވެ. ނަމަވެސް، އޭނާ އެ މަޤާމުން ވަކިކުރި ވަކި ސަބަބެއް ޕީސީބީން ހާމަކުރައްވާފައެއް ނުވެއެވެ.

ފެނަކައިގެ އިސް ވެރިޔާގެ މަޤާމަށް އަފީފު އައްޔަންކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންކަމުން، އޭނާ އެ މަޤާމުން މި ވަކިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ގާތްގަނޑަކަށް ދެތިން މަސްދުވަހު ޚިދުމަތް ކުރެއްވުމަށްފަހުގައެވެ.

ފެނަކައިގެ އިސް މަޤާމުން ވަކިކުރެވުނު އަފީފަކީ މީގެ ކުރިން ވެސް ސަރުކާރުގެ އެކި ދާއިރާތަކުގައާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މިއަދު އޮންލައިން