ފީފާ ސްޓޭންޑަޑަށް ދިއްދޫގައި ތަރައްގީކުރާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ: ވަޒީރު ރާފިއު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފީފާ ސްޓޭންޑަޑަށް ދިއްދޫގައި ތަރައްގީކުރާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ: ވަޒީރު ރާފިއު

ހއ. ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމުގެ ޔަގީންކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ދެއްވައިފިއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، ދިއްދޫއަކީ އަތޮޅު ފެންވަރުގައި ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ރަށްކަމަށްވެފައި، އެ ރަށުގައި މިހާރު ކުރިއަށްދަނީ އިންޓަނޭޝަނަލް މެچުތަކާއި ޗޭންޖިން ރޫމް ފަދަ ޒަމާނީ ހުރިހާ ފެސިލިޓީއަކާއެކو ފީފާގެ މިންގަނޑުތަކަށް ފެތޭ ފެންވަރުގެ ބިޔަ މަޝްރޫޢެއް ކަމަށެވެ.

މި ދަނޑުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި މިއަހަރުގެ ކުރީކޮޅުން ފެށިގެން އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ސަރުކާރުން ރާއްޖޭގެ ފުޓުބޯޅަ މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ މި މަޝްރޫޢުން ފެނިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ހއ. ދިއްދޫގައި ބައިނަލްއަގުވާމީ ފުޓުބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު އޮންލައިން