ދަތުރުގަ ދެބާވަތެއް ހިމެނޭ! ދަތުރެއްގެ މަތީގަ އުޅޭއިރު ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށް ކުރުމުގައި ސަމާލުވާންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދަތުރުގަ ދެބާވަތެއް ހިމެނޭ! ދަތުރެއްގެ މަތީގަ އުޅޭއިރު ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށް ކުރުމުގައި ސަމާލުވާންޖެހޭ ކަމެއް!

ބޭސްފަރުވާއަށް ފަދަ ކަމަކު ރާއްޖެއިން ބޭރުގައިއުޅެންޖެހިފައިވާ މީހަކަށް ނަމާދު ޤަޞްރުކޮށް ޖަމްޢު ކޮށް ކުރެވޭނީ ކިތައް ދުވަސްވަންދެން ނުވަތަ ކިހައި މުއްދަތަކަށް ކަމާއިމެދު ކުރެވޭ ސުވާލުގެ ޖަވާބަކީ "ދަތުރު ނިމެންދެން ދަތުރުވެރިއަކަށް ލިބިފައިވާ ލުއިތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ" ކަމަށެވެ.

ދަތުރުގައި ދެމާނައެއް ވެއެވެ. އެއީ ބޭހަށް ގޮސް ނިމޭނެ މުއްދަތެއް ނުއެނގި ކޮންމެ ވަޤުތަކުވެސް ފުރަން ތައްޔާރުވެގެން ހުންނަ ހުރުމާއި ވަކި މުއްދަތެއްގައި މަޑުކުރަން ނިންމައިގެން ހުންނަ ހުރުމެވެ.  

ވަކި މުއްދަތެއް ވަންދެން ހުންނަން ނިންމައިގެން ހުންނަ މީހާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދަތުރުވެރިއެއްގެ ގޮތުގައި ނުބެލުމެވެ. އެއީ މުއްދަތެއް ކަނޑައަޅައިގެން ހުންނާތީއެވެ.  

ދަތުރެއްގެ މަތީގައި އުޅުނަސް ނަމާދުކުރާށެވެ! ލިބިފައިވާ ލުއިފަސޭހަތަކުގެ ބޭނުންހިފާށެވެ! އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ނަމާދުނުކުރުމެވެ.  

ގިނަ ބައަކަށް މިއަދު ބެލެނީ ނަމާދުނުކޮށް ހުރެވޭނެ ޢުޛުރެއް ފެނޭތޯއެވެ. ނަމާދު އެޅުން ހުއްދަވާނީ 2 ސަބަބެއް މެދުވެރިވެގެންނެވެ. އެއީ ހަނދާން ނެތުމާއި ނިދާފައި އޮތުމެވެ. ވަޤުތު ވަދެ އަދި ފާއިތުވެގެންދިއައިރުވެސް ނިދާފައި އޮވެވުމެވެ. އެޙާލަތުގައި އޮތީ ހަނދާންވުމުންނާއި ނިދީން ހޭލެވުމުން ނަމާދުކުރުމަށް އަވަސްވެގަތުމެވެ.  

ނަމާދުކުރަން އޮތީ ތަރުތީބުންނެވެ. ވީމާ ބޭނުން ނަމާދެއްކޮށްފައި ކުރަން ބޭނުން ނުވުމުން ނުކުރާނަމަ އެމީހަކީ ނަމާދު ޤާއިމްކުރާ މީހަކަށް ނުވާނެއެވެ.

 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ޙަސަން  

- މިއަދުނޫސް  

 

މިއަދު އޮންލައިން