ދަތި ޙާލަތެއް ވިޔަސް ހިތްދަތިކަމެއްވިޔަސް ކުރިމަތިކުރެއްވެވުމަކީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެންވާކަމުގެ ޢަލާމާތެއް! އޮތީ އުފާކޮށް އިތުރަށް ކުއްތަންވާން މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަތި ޙާލަތެއް ވިޔަސް ހިތްދަތިކަމެއްވިޔަސް ކުރިމަތިކުރެއްވެވުމަކީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެންވާކަމުގެ ޢަލާމާތެއް! އޮތީ އުފާކޮށް އިތުރަށް ކުއްތަންވާން މަސައްކަތްކުރުން!

ދުނިޔޭގެ ސުންނަތްތަކުގެ ތެރެއިން ހިމެނޭ ކޮންމެ ކަމަކީވެސް ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަންކަމެވެ. ވީމާ ހިތާމަތަކާ ތަކްލީފް އުފުލަންޖެހުމަކީ ކޮންމެ މީހަކަށްވެސް ކުރިމަތިކުރައްވަވާނެ ކަންކަމެވެ. މައްސަލައަކަށްވަނީ އެމީހަކަށް އެކަން ބަލައިގަނެވޭ ގޮތެވެ.  

މިވާހަކައަކީ އެންމެ ގިނައިން ކިޔައިދެވޭ އެއްވާހަކައެވެ. އެވާހަކައަކީ ﷲ ތަޢާލާ މީހަކަށް އުފާވެރިކަން މިންވަރުކުރެއްވެވުމަކީ އެމީހަކުދެކެ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމުގެ ދަލީލެއް ނޫންކަމާއި ނަމަވެސް އެއްވެސް މީހަކަށް ހިތްދަތިކަމާއި ތަކްލީފް މިންވަރު ކުރައްވަވައިފިނަމަ އެއީ ﷲ ތަޢާލާ އެމީހަކު ދެކެ ރުހިވޮޑިގަންނަވާކަމުގެ ދަލީލެއް ކަމެވެ.

ސަބަބަކީ ހިތްހަމަޖެހުމާއި އުފާވެރިކަން މިންވަރުކުރައްވަވައިފިނަމަ ހެޔޮ ޢަމަލުތައްކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރާނީ މަދުމީހެކެވެ. ނަމަވެސް ހިތްދަތިކަމާއި ތަކްލީފް މިންވަރުކުރައްވަވައިފިނަމަ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ގިން ބައަކު މަސައްކަތްކުރާނެތީއެވެ. މިއީ މިކަން ހިނގަން އޮތް ނޫންނަމަވެސް މިކަން ހިނގާނީ މިގޮތަށްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ހިތްދަތިކަން ނުވަތަ ތަކްލީފް މިންވަރުކުރައްވަވައިފިނަމަ ފުރުތަމަ ކަމަކަށްވެސް އޮތީ އުފާކުރުމެވެ. ޝުކުރުވެރިވުމެވެ. ޤަބޫލުކުރަންވީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާކަމެވެ. މަސައްކަތްކުރަންވީ ކުރިއަށްވުރެ ބޮޑަށް ކިޔަމަންތެރިކަން އަދާކޮށް އަދި ކުރިއަށްވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށެވެ.  

ކަންކަން ކުރިމަތިވުމުން ނާއުންމީދުވެ މާޔޫސްވެވެނީ މިޙަޤީޤަތް ޤަބޫލުނުކުރެވޭތީއެވެ. މިޙަޤީޤަތް ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން