ގެސްޓްހައުސް ސިނާއަތް ކުރިއެރުވުމަށް އެމްއައިބީން ސިންޕޯސިއަމެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ގެސްޓްހައުސް ސިނާއަތް ކުރިއެރުވުމަށް އެމްއައިބީން ސިންޕޯސިއަމެއް ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު އެއް ތަނބު ކަމުގައިވާ ގެސްޓްހައުސް ވިޔަފާރި ކުރިއަރައި ފުޅާކުރުމަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބާއްވާ 3 ވަނަ ގެސްޓްހައުސް ސިންޕޯސިއަމް ބާސެލޯ ނަސަންދުރާގައި ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ސިންޕޯސިއަމްގެ އެންމެ ބޮޑު މަގުސަދަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަޖުރިބާކާރުން އެއްތަނަކަށް ގެނެސް، ގެސްޓްހައުސް ސިނާއަތުގެ ކުރިމަގާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

މި ސިންޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމްރީ ވިދާޅުވީ، ގެސްޓްހައުސް ސިނާއަތުގެ ސަބަބުން ރަށްރަށުގެ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި މަންފާތަކެއް ލިބެމުންދާ ކަމަށެވެ. އަދި މި ސިނާއަތުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް މަގުފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ސިންޕޯސިއަމްގެ މައިގަނޑު ތީމަކަށް ކަނޑައަޅާފައިވަނީ "ބިއޯންޑް ދަ ސްޓޭ: ބިލްޑިންގ ދަ ގެސްޓްހައުސް އޮፍ ޓުމޯރޯ" އެވެ. މި ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ އޮޕަރޭޓަރުންނަށް އެހީތެރިވުމުގެ ގޮތުން، އެމްއައިބީން ދަނީ އިސްލާމިކް ފައިނޭންސިންގެ ޒަރީއާއިން ލުއިފަސޭހަ ފުރުސަތުތައް ފަހިކޮށްދެމުން ކަމަށް އެ ބޭންކުން ބުނެއެވެ.

މިއަދު އޮންލައިން