ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ މި ހަފްތާބަންދަށްވެސް ދެމިގެންދާނެ ކަމަށާއި، މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
އިއްޔެއިން ފެށިގެން ޤައުމުގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެފައިވާއިރު، ހުކުރު އަދި ހޮނިހިރު ދުވަހުވެސް ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރިގޮތުގައި، ވައިގެ ބާރުމިން އާންމުގޮތެއްގައި ހުންނާނީ 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ޖުވާބުގައި ވައިާއި ކަނޑުތައް އާންމުކޮށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ވައި ގަދަވެ 35 މޭލަށް ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.