މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ރިސޯޓު ކުލީގެ އާމްދަނީ %10.8 އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ރިސޯޓު ކުލީގެ އާމްދަނީ %10.8 އިތުރުވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނަކަން ހާމަވަމުންދާއިރު، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 1.4 ބިލިޔަން ރުފިޔާގައެވެ. އެހެންކަމުން، އަހަރުން އަހަރަށް ބަލާއިރު މިއީ %10.8 ގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓް ރިޕޯޓުތައް ދައްקާގޮތުން، ރާއްޖޭގައި މިވަގުތު 184 ރިސޯޓެއް ރަޖިސްޓրީކޮށްފައިވެއެވެ. އޭގެތެރެއިން 180 ރިސޯޓަކުން އަންނަނީ ފަތުރުވެރިންނަށް ހިދުމަތް ދެމުންނެވެ. އަދި މި ރިސޯޓުތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޖުމްލަ 45,171 އެނދު ވަނީ ތައްޔާރުކޮށްފައެވެ.

މިއަދު އޮންލައިން