އާރްޑީސީގެ އެމްޑީކަމުން ނަޒީމް ވަކިކޮށް، އެ ކުންފުނީގެ އެކްޓިން އެމްޑީއަކަށް ސަޢުދީ އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
އާރްޑީސީގެ އެމްޑީކަމުން ނަޒީމް ވަކިކޮށް، އެ ކުންފުނީގެ އެކްޓިން އެމްޑީއަކަށް ސަޢުދީ އައްޔަންކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރާއި ބޯޑު މެންބަރުކަމުން އިބްރާހިމް ނަޒީމް ވަކިކޮށް، އެ ކުންފުނީގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރަކަށް އެމްޓީސީސީގެ އެމްޑީ އަޙުމަދު ސަޢުދީ ހަމަޖައްސަވައިފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށެވެ.

މި ބަދަލު އައިސްފައިވަނީ އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ހަވާލުކޮށްފައިވާ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރުދުވެލީގައި ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ. މިގޮތުން، އެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

އިބްރާހިމް ނަޒީމް އާރްޑީސީގެ އެމްޑީގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން