މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އައިއެމްއެފްގެ ތައުރީފު!

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އައިއެމްއެފްގެ ތައުރީފު!

ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ހިންގަމުންދާ އިސްލާޙީ މަސައްކަތްތަކާއި ހޯދަމުންދާ ކުރިއެރުންތައް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަރަށް ބޮޑަށް ބަލައިގަނެ ތައުރީފުކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ތައިލެންޑްގެ ބެންގްކޮކްގައި ކުރިއަށްދާ އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، މާލީ ވަޒީރު ޙަސަން ޒަރީރުއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މުޙައްމަދު މާއިތު ވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ރާއްޖެއިން ބަދަހިކަމާއެކު ބާއްވަމުންދާ ގުޅުންތަކާއި، ކްރެޑިޓް ރޭޓިންތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރޭޓިން 2017 ވަނަ އަހަރުން ފެށިގެން މޫޑީސް އަދި ފިޗުން ދަނީ ހަދަމުންނެވެ. މި ނިޒާމު ޤާއިމުކޮށްފައިވަނީ ބޮޑެތި ދަރަނިތައް ނަގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ފެށުމާއެކު، ޤައުމުގެ މާލީ ހާލަތު ވަޒަންކޮށް ބޭރުގެ މާލީ އިދާރާތަކަށް އެކަން ސާފުކޮށްދިނުމުގެ މަޤްސަދުގައެވެ.

މިއަދު އޮންލައިން