ދެރަނުވާށެވެ! ތިބާ އެންމެ ލޯބިވާ މީހާ ތިބާއާ ވަކިވާނީ ﷲ އިރާދަކުރެއްވެވީމަ! އިރާދަކުރައްވަވާނީ މާރަނގަޅު ގޮތެއް މިންވަރުކުރައްވަވަން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދެރަނުވާށެވެ! ތިބާ އެންމެ ލޯބިވާ މީހާ ތިބާއާ ވަކިވާނީ ﷲ އިރާދަކުރެއްވެވީމަ! އިރާދަކުރައްވަވާނީ މާރަނގަޅު ގޮތެއް މިންވަރުކުރައްވަވަން!: މުފްތީ މެންކް

އެމީހަކު އެންމެ ލޯބިވާ މީހަކު އެމީހަކާއި ވަކިވުމުން ހިތަށް އަސަރުކުރާނެއެވެ! ދެރަވެވޭނެއެވެ! ނަމަވެސް އެއީ ބޮޑު ކަމަކަށް ނުހަދާށެވެ! އެހެނީ އެމީހާގެ ނުބައިކަމުން ނަމަވެސް އެމީހާ ތިބާއާއި ވަކިވެގެންދާނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވީމައެވެ. އިރާދަކުރައްވަވާނީ މާރަނގަޅު ގޮތެއް މިންވަރުކުރެއްވެވުމަށެވެ.  

އެރަނގަޅު ގޮތަކީ އޭނާއަށްވުރެ މާރަނގަޅު މީހަކު ތިބާއަށް ލިބުން ނުވަތަ އޭނާގެ ކިބައިން ލިބެން އޮތް ބޮޑު ދެރައަކުން ތިބާ ސަލާމަތްކުރެއްވެވުން ކަމަށްވެސް ވެދާނެއެވެ. އަދި އެނޫން ސަބަބަކަށްވެސް ވެދާނެއެވެ. ސަބަބު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ޔަޤީންކުރަންވީ ތިމާއަށް ދެރަގޮތެއް ﷲ ތަޢާލާ މިންވަރުނުކުރައްވަވާނެ ކަމެވެ.  

ޔަޤީންކުރާށެވެ! ހިތާމަ ލިބެނީ ތިބާގެ ހިތަ ބަލިކަށިވެގެނެއް ނޫނެވެ. ތިބާ ކުށެއް ކޮށްގެނެއްވެސް ނޫނެވެ. ވީމާ ތިމާ ކުށްވެރިވެއްޖެކަމަށް ނުވިސްނާށެވެ. ހިތްދަތިކަން ލިބެނީ މީހަކު ދެކެ ލޯބިވެވުނީތީއެވެ. މީހަކުދެކެ ލޯބިވުމަކީ ކުރެވޭ ކުށެއް ނުވަތަ ފާފައެއްވެސް ނޫނެވެ. އެއީ ޠަބީޢީ ކަމެކެވެ.  

މިޙާލަތު މެދުވެރިވި މީހުންގެ ތަޖުރިބާއަށް ބަލާށެވެ! ފެންނާނީ އެމީހުންނަށް ފަހުން ލިބުނު އުފާވެރިކަން ބޮޑުކަމެވެ. ލިބުނު ހަމަޖެހުންވެސް ބޮޑުކަމެވެ. ވީމާ އެފުރުޞަތު ލިބެންދެން ކެތްތެރިވެލާށެވެ! އެމުއްދަތުގައި ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރާށެވެ! އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން