މީދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މީދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ މީދޫގައި ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ވުޒާރަތުއް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އައްޑޫ މީދޫ ކައުންސިލާ ދެމެދު މުހިންމު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޝާތިރެވެ.

ދެ ފަރާތުގެ ދެމެދުގައި ވެވުނު މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރުމުގެ އެއްބަސްވުމަކާއި، މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމުގެ އެއްބަސްވުމެއްގެ އިތުރުން، އެ ރަށުގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުންތަކުގެ ދަށުން، މީދޫގައި ޤާއިމުކުރާ ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމުގައި ވުޒާރާގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރީންހައުސްތައް ހަދިޔާކުރުމުގެ އެއްބަސްވުމުގެ ދަށުން ބޭނުންވާ ވަސީލަތްތަކާއި ފަންނީ އެހީ އަދި ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެގްރޮފޮރެސްޓްރީ ދަނޑު ޤާއިމުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް ވުޒާރާއިން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި އެގްރޮފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، މީގެ ކުރިން ވެސް މިނިސްޓްރީން ވަނީ 10 ރަށަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މިއަދު އޮންލައިން