މިޞަޙާބީ ކަމަނާގެ ވާހަކަ އެނގޭނަމަ އެއްވެސް އަންހެނަކު އަޢުރަ ކަޝްފްކޮށްގެން އުޅެން ބިރުވެތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިޞަޙާބީ ކަމަނާގެ ވާހަކަ އެނގޭނަމަ އެއްވެސް އަންހެނަކު އަޢުރަ ކަޝްފްކޮށްގެން އުޅެން ބިރުވެތިވާނެ!

އެއްވެސް މީހަކަށް ނުއެނގޭނެ ކަމަކީ ތިމާގެ ނިމުން އައިސް ބައްދަލުކުރާނެ ވަޤުތެވެ. އެހެންކަމުން އަހުރެމެންނަށް އޮތީ އަބަދުވެސް އެވަޤުތަށް ތައްޔާރުވެގެން ތިބުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ.  

މިބުނަނީ މަޝްހޫރު ޙަދީޘްފުޅެއްގެ ވާހަކައެކެވެ. އެއީ ފިޓްޖެހި ވެއްޓޭ އަންހެނެކެވެ. ވެއްޓިފައި އޮންނައިރު ޙިޖާބް ނެގި އަޢުރަކަޝްފްވަނީ އޭނާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުން އެދިވަޑައިގަތީ އެކަމުން ސަލާމަކޮށްދެއްވެވުން އެދި ދުޢާކޮށްދެއްވެވުމެވެ.

އޭނާއަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުށަހެޅުއްވެވީ ދެކަމެކެވެ. އެއްކަމަކީ އޭނާ އެދުނުފަދައިން ދުޢާކޮށްދެއްވެވުމެވެ. ދެވަނަ ކަމަކީ ސުވަރުގެއެވެ. އޭނާ އުފަލާއިއެކު ބޭނުންވީ ސުވަރުގެއެވެ. އެކަމަކުވެސް (އޭނާއަށް ސުވަރުގެ ލިބުނީކަން އެނގުމުންވެސް) ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެދުނީ ވެއްޓިފައި އޮންނައިރު އަޢުރަ ކަޝްފަނުވުން އެދިވަޑައިގެން ދުޢާކޮށް ދެއްވެވުމެވެ. އޭނާ އެދުނު ފަދައިން އޭނާއަށް ދުޢާކޮށްދެއްވެވިއެވެ.  

މިހުރީ އެކަނަބަލުން އެކަނބަލުންގެ އަޢުރަ ކަޝްފްނުވުމަށް ބޭނުންފުޅުވި ވަރެވެ. ބޭނުންފުޅުވި ބޮޑުކަމެވެ. މިއަދުވެސް މިތިބީ ހަމަ މުސްލިމުންނެވެ. ގިނަ ބައެއްގެ ކިބައިން ފެންނަމުން މިދަނީ ދިމާ އިދިކޮޅަށް ކަންކަން ކުރެވޭތަނެވެ. އަޢުރަ ދައްކައި އިޝްތިހާރުކުރަން ބޭނުންވެގެން އުޅޭތަނެވެ.  

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ އައުރައަށް ރައްކައުތެރިވާށެވެ. ނިވާކުރަން އަންގަވާފައިވާ މިންވަރަށް ރައްކައުތެރިވާށެވެ. އެކަމުގެ މުހިންމުކަން މިބަޔާންކުރި ޙަދީޘްފުޅުންވެސް އެއޮތީ އެނގޭށެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން