ދަތިޙާލުގަ އުޅެންޖެހުނަސް ދަރިންނާ ދެމަފިރިންގެ ޢާއިލާއަށް އެހީތެރިވުމަކީ ފަހުން މާބޮޑު އުފާވެރިކަން ލިބޭކަމެއްކަން ތަޖުރިބާކުރެވުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދަތިޙާލުގަ އުޅެންޖެހުނަސް ދަރިންނާ ދެމަފިރިންގެ ޢާއިލާއަށް އެހީތެރިވުމަކީ ފަހުން މާބޮޑު އުފާވެރިކަން ލިބޭކަމެއްކަން ތަޖުރިބާކުރެވުނު މީހެއްގެ ވާހަކަ-

އަތްމަތި ދަތިވިނަމަވެސް އަދި ދަރިން ނުލިބި ލަސްވާނަމަވެސް ކުރަން އޮތް ޢަމަލަކީ ތައުބާވުން ގިނަކުރުމާއި (އިސްތިޣްފާރުކުރުން ގިނަކުރުމާއި) ޞާލިޙް ޢަމަލުތައް ކުރުން ގިނަކުރުމެވެ. މާނައަކީ ފާފަތައް ފުއްސަވައި ދެއްވެވުން އެދުމާއި ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރުން ކުރުމެވެ. ފާފަކުރުމާއި ދުރުހެލިވުމެވެ. މިއީ ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގެން އޮތްކަމެކެވެ.  

ތައުބާވެ ހެޔޮޢަމަލުތައް ކުރާނަމަ އުޑުން ރަހްމަތުގެ ވާރޭ ވެއްސަވާނެ ކަމަށް އޮތްބަސްފުޅުގެ މާނައަކީ ހަމައެކަނި ވާރޭފެން ލިބުމެއް ނޫނެވެ. ރިޒުޤް ދެއްވެވުމެވެ. ތަނަވަސްކަން ދެއްވެވުމެވެ. އުފާވެރިކަން ދެއްވެވުމެވެ.  

އަހުރެންގެ އެކުވެރިއެއްގެ ވާހަކަވެސް ބުނެލާނަމެވެ. އޭނާއަކީ ރަނގަޅު މުސާރައެއް ލިބޭ މީހެކެވެ. ނަމަވެސް ދެފަރާތުގެ ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމުން އަބަދުހެން އުޅެންޖެހުނީ އަތްމަތިދަތިވެގެންނެވެ. ބޭނުންނަމަ ވަރަށް ފަސޭހައިން އޭނާއަށް ލޯނުވެސް ލިބޭނެއެވެ. އެއީ އެހައި ރަނގަޅު އާމްދަނީއެއް ލިބެތީއެވެ.  

ނަމަވެސް ޢޭނާ އެއްގޮތަކަށްވެސް ލޯނެއް ނުނަގައެވެ. އޭނާކުރާ ކަމަކީ އަސްތަޣްފާރުކުރުން ގިނަކުރުމެވެ. ނަތީޖާ އެނގޭ ހެއްޔެވެ؟ ދަރަނިވެރިނުވެ ދަރިން ބަލައި ބޮޑުކުރެވިއްޖެއެވެ. ދެފަރާތުގެ ޢާއިލާގެ ކުދިން ބަލައި ބޮޑުކުރެވިއްޖެއެވެ. ޢުމުރުން 50 އަހަރުވީއިރު އެވަނީ މަސައްކަތްކުރުން ހުއްޓުވައިފައެވެ. ދަރިންނާ ދެފަރާތުގެ ކުދިންވެސް އޭނާއަށް އަންގަނީ މަންމައާއި ދެމީހުން އަޅުކަންކުރުމުގައި ދެމިތިބުމަށެވެ. ހުރިހާ ކުދިން ގުޅިގެން އެދމަފިރިންގެ ކަންކަން ބަލަހައްޓައިދީ ގެންގުޅެމުން އެގެންދަނީ ނުހަނު މަތިވެރި ޢިއްޒަތުގައެވެ. އުފަލާ އަރާމުގައެވެ.  

ޢިބްރަތް ލިބިގަންނަންވީ މިފަދަ ފިލާވަޅުތަކުންނެވެ. ދުނިޔެއާއި އާޚިރަތް އެދިގެން މަސައްކަތްކުރަންވީ މިމަގުންނެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން