ކޮންމެ ބައްޔަކަށްވެސް، ރޯގާއަކަށްވެސް ކަޅުދިރިއަކީ ޝިފާލިބޭނެ އެއްޗެއް! ބައްޔެއް ނުޖެހެނީސްވެސް ބޭނުންކުރަން ފައިދާހުރި އެއްޗެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކޮންމެ ބައްޔަކަށްވެސް، ރޯގާއަކަށްވެސް ކަޅުދިރިއަކީ ޝިފާލިބޭނެ އެއްޗެއް! ބައްޔެއް ނުޖެހެނީސްވެސް ބޭނުންކުރަން ފައިދާހުރި އެއްޗެއް!

ކޮންމެ ގެއަކަށް ބެލިނަމަވެސް ކޮންމެވެސް ރޯގާއެއް ވަދެފރައިނުވާ، ބޮޑު ބައްޔެއްގައި އުޅެންޖެހިފައިވާ ބައަކު ފެންނާނެ ކަމަށްބުނުމަކީ ދޮގަކަށްނުވާނެއެވެ. ބަލިތައް އެހައިވެސް ގިނަވެއްޖެއެވެ. ވީމާ ޝިފާއަށް އެދިގެން ކުރަން ސުންނަތުން ޔަޤީންވާ ކަންކަން ކުރުމުގައި ދެމިތިބުން ވަރަށް މުހިންމެވެ.  

"މިއުޅޭ ބޮޑު ރޯގާ ޖެހި ކެއްސަން ފެށީމާ އަޅުގަނޑު ބޭނުންކުރީ ކަޅުދިރިތެލެވެ. ﷲ ގެ ރަޙްމަތްފުޅުން ޝިފާ ލިބުނެވެ." މިހުންނަނީ އެކަކު ދެމީހަކު ބުނާ ވާހަކައެއް ނޫނެވެ. ގިނަ ބައަކު ބުނާ ވާހަކައެކެވެ.  

ރާއްޖޭގެ މިއަދުގެ ޙާލަތަށްބެލިނަވެސް ތަފާތު އެތައް ވައްތަރުގެ ރޯގާތައްދަނީ ފެތުރެމުންނެވެ. އެއްބައަކު ގަދައަށް ހުންވެސް އާދެއެވެ. އަނެއް ބައަކު އުޅެނީ ނޭފަތުން އަރިދަފުސް ފައިބާލެއް ގިނަކަމުންނެވެ. އަނެއްބައަކު އުޅެނީ މޭގައި ރޯގާހިފައި ކެއްސާވަރުން އަނގަ ނުޖެހިގެންނެވެ. އަނެއްބައަކު އުޅެނީ ނޭވާހިއްލާވަރުންނެވެ. މިހެންގޮސް ތަފާތު އެތައްވައްތަރެއްގެ ރޯގާތައް ވަނީ ފެތުރިފައެވެ.  

ކުރިން ބުނަމުން އައީ ރޯގާތައް ފެތުރެނީ ވަކިދުވަސްވަރަކަށް ކަމަށެވެ. ވަކިމޫސުމެއްގައި ކަމަށެވެ. ނަމަވެސް މިހާރު އެނޫން މޫސުމެއް، ދުވަސްވަރެއް ނެތެވެ.  

މިފަދަ ދުވަސްވަރެއްގައި މުފްތީ މެންކު ވިދާޅުވެފައިވާ މިބަސްފުޅުތައް ހަނދާންކޮށްލުން ވަރަށް މުހިންމުކަމަށް ދެކެމެވެ.  

ތަފާތު ރޯގާތައް ފެތުރެމުންދާ މިފަދަ ދުވަސްވަރެއްގައި ބަލިތަކުން ސަލާމަތްވުމަށް ކަޅުދިރީގެ އުފުއްދުންތައް ބޭނުންކުރައްވާށެވެ! އެއީ ސުންނަތުން ސާބިތުވާން އޮތް ކަމެކެވެ.  މަރު ފިޔަވައި ކޮންމެ ބައްޔަކަށްވެސް ކަޅުދިރިން ޝިފާއެއް ލިބޭނެ ކަމަށެވެ.  

Narrated Abu Huraira (may Allah be pleased with him): I heard Allah's Apostle saying:

 "There is healing in Black Cumin for all diseases except death." 

(Sahih Bukhari 7:71:592)  

ފަތިހު ހޭލައި ހުސްބަނޑާ ހުރެ އާއި ރޭގަނޑު ނިދަންވުމުން އެންމެފަހު ވަގުތު ހަތަރުބައިކުޅަ އެއްބައި ސަމުސާ ހައި ކަޅުދިރިތެޔޮފޮދެއް ބޭނުންކުރާށެވެ. އަދި އެއިގެ މިނިޓެއްހައިއިރު ފަހުން ތާފަނާ ނުވަ އާދައިގެ ބައިތަށިހައި ފެން ބޭނުންކުރާށެވެ.  

މީގެ އިތުރުން ނޭވާލުމަށް އުނދަގޫވާނަމަ ކަޅުދިރި ތެލުން އާވިއަރުވާށެވެ. އަދި އެއްވެސް ބައްޔެއް ނުޖެހުނަސް ރަޙްމަތަށް އެދިގެން ކަޅުދިރި ބޭނުންކުރަމުން ގެންދާށެވެ.

 

- މިއަދުނޫސް 

 

 

މިއަދު އޮންލައިން