ކަމެއް ދިމާވިޔަސް ގޮތްހުސްނުވެ ކުރިއަށް ދިއުމަށް ހިތްވަރުލިބެން އޮތްގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކަމެއް ދިމާވިޔަސް ގޮތްހުސްނުވެ ކުރިއަށް ދިއުމަށް ހިތްވަރުލިބެން އޮތްގޮތް!

އަހުރެމެން އެންމެންނަކީވެސް ގަދަކަނޑެއްގެ މަތީގައި ދަތުރުކުރަމުންދާ ބައެކެވެ. ބޮޑެތި ވަރުގަދަ ކޮޅިގަނޑުތައް ކުރިމަތިވާނެއެވެ. ކަނޑުއުޅޭ ބޮޑެތި މިޔަރުތަކަށް ބިރު ނުގަންނާށެވެ. ނަގަމުންދާ ބިޔަ ރާޅުތަކަށްވެސް ބިރުނގަންނާށެވެ! ހަމައެކަނި އެންމެ ކަމެއްގެ ޔަޤީންކަމުގައި ޘާބިތުވާށެވެ! އެއީ އަމާން މަންޒިލަކަށް ފޯރާނެ ކަމެވެ. ކުރިމަތިވާ ހުރިހާ ކޮޅިގަނޑުތަކަކުންވެސް ﷲ ތަޢާލާ ސަލާމަތްކޮށްދެއްވަވާނެ ކަމެވެ.  

މިއަދު މީސްތަކުންނަށް ވެގެން މިއުޅޭގޮތަކީ ފަހުން މިބުނި ކަންކަމަށް ޔަޤީންކަން ކުޑަވަނީއެވެ. މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ ކަމާއި ކެތްތެރިކަމުގައި ޘާބިތުވުމުން މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެކަމަށް އިތުބާރުނުކުރެވެނީއެވެ.  

އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ތިމާއަށް ޘާބިތުވެ ނުހުރެވޭތީއެވެ. ﷲ ތަޢާލާގެ މަގުދޫކޮށްލައި އެހެން މަގުތަކުން ތިމާއަށް ދެވޭކަން އަމިއްލައަށް ޤަބޫލުކުރެވޭތީއެވެ. އެެހން ޢިބާރާތަކުން ބުނާނަމަ ތިމާއަކީ ބޮޑު ކުށްވެރިއަކުކަން ތިމާއަށް ޤަބޫލުކުރެވޭތީއެވެ.  

ގޮތްބަލައިލަންވެސް ނިކަން ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެބަލާށެވެ. ތަފާތު ފެންނާނެއެވެ. ކަރުއެލުވާލަން ޖެހުނަސް އިސްއުފުލައިލުމުގެ ހިތްވަރު ލިބޭނެއެވެ. ފަސްނުބަލައި ކުރިއަށް ދިއުމުގެ ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން