ޤިޔާމަތްވުން ގާތްވެ ދުނިޔެ ނިމުމަކަށްދަނީކަން ފައުޅުވެފައިވާ ޢަލާމާތްތަކުން ޔަޤީންކުރެވިއްޖެ! ސަލާމަތްކަން އޮތީ ދީނުގަ ޘާބިތުވެހުންނަން މަސައްކަތްކުރި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޤިޔާމަތްވުން ގާތްވެ ދުނިޔެ ނިމުމަކަށްދަނީކަން ފައުޅުވެފައިވާ ޢަލާމާތްތަކުން ޔަޤީންކުރެވިއްޖެ! ސަލާމަތްކަން އޮތީ ދީނުގަ ޘާބިތުވެހުންނަން މަސައްކަތްކުރި މީހަކަށް!

ފުރަތަމަވެސް ބުނެލަން އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ފޮނުއްވެވުމާއި ސުވަރުގެ ވަޑައިގަތުމަކީވެސް ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތެކެވެ. އެކަންކަން ވެނިމުނުތާ 15 ޤަރުނުވަނީއެވެ. ހިތާމައަކީ ހޭލުންތެރި ނުވެވޭކަމެވެ.  

މިދަރުސަށް ތައްޔާރުވުމުގެ ގޮތުން ޤިޔާމަތްވުމުގެ ޢަލާމާތްތަކާއި ބެހޭގޮތުން ޢިލްމުވެރިއަކު ލިޔުއްވަވާފައިވާ ފޮތެއް ބަލައިލީމެވެ. އެއިގައި 30 އަށްވުރެ ގިނަ ޢަލާމާތް ވަނީ ބަޔާންކުރައްވަވައި ލިޔުއްވަވައިފައެވެ. އެއިގެ ތެރެއިން ފައުޅުވި ޢަލާމާތްތައް ނޯޓުކޮށްލަން ބެލިއިރު ފައުޅުނުވާ ޢަލާމާތެއް ނެތެވެ.  

ހަމައެކަނި ފައުޅު ނުވެ ވަނީ ޤިޔާމަތް ކައިރިވުމުން އެންމެފަހުން ފައުޅުވާނެ ބޮޑެތި ޢަލާމާތްތަކެވެ. އެއީ ބޮޑު ދައްޖާލު ފައުޅުވުމާއި މަޙްދީގެފާނު ފައުޅުވުމާއި ބޮޑު ދާއްބަ ފައުޅުވުން ފަދަ އެންމެ ފަހުން ހިނގާނެ ކަންކަމެވެ.  

"މީސްތަކުންނަށް އެއުރެންގެ (ޢަމަލު ތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލު ގައެވެ." (އަލްއަންބިޔާ: 1)  

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ޙާލަތު އައިސް ކުޑަތަންވެއްޖެއެވެ. ޤިޔާމަތްވުމުގެ ވަގުތު ދާދި ގާތްވެއްޖެއެވެ. ނަމަވެސް މީސްތަކުން މިތިބީ ޣާފިލުވެގެންނެވެ. އަދި ދަނީވެސް ޣާފިލުކަން އިތުރުވަމުންނެވެ.

ޤިޔާމަތް ވުމުގެ ވަގުތު ޖެހުމުން އެކަން ހިނގާނެއެވެ. މީސްތަކުންނަށް އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވުމެވެ. ޙެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ޤިޔާމަތްވާނެ ވަގުތާއި ބެހޭ ގޮތުން ރަސޫލް (ﷺ) އަށް ސުވާލު ދެންނެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ ސުވާލެކެވެ. "ތިބާ އެވަގުތައްޓަކައި ތައްޔާރުކުރީ ކޮން އެއްޗެއްތޯއެވެ؟" މާނައަކީ އާޚިރަތަށް ގެންދަން ތިބާ ކުޅައީ ކިހައި ހެޔޮ އަމަލުތަކެއް ހެއްޔެވެ؟

 

- ޝައިޚް ޝުޢައިބް ނާޒިމްގެ ދަރުސަކުން

 

މިއަދު އޮންލައިން