އިތުރު މަސައްކަތަކާ ނުލާ އަބަދުވެސް އަޅުކަންކުރުންމަތީގަ ހުންނަން ބޭނުންވާ މީހަކަށް އެކަން އެންމެފަސޭހައިން ކުރެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިތުރު މަސައްކަތަކާ ނުލާ އަބަދުވެސް އަޅުކަންކުރުންމަތީގަ ހުންނަން ބޭނުންވާ މީހަކަށް އެކަން އެންމެފަސޭހައިން ކުރެވޭނެ ގޮތް!

ގިނަ ބައަކު މިއަދު އުޅެނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަކީ ބުރަކަމަކަށްވެގެންނެވެ. އެއީ އެކަމުގައި ހުރި ލުއިފަސޭހަ ގޮތްތައް ނުއެނގޭތީއެވެ. ފުރަތަމަ ކަމަކަށް ފަރުޟު 5 ނަމާދުކުރަމުން ގެންދާށެވެ. އެހެނީ ފުރަތަމަ ކަމަކީ ނަމާދުކުރުމެވެ. ދެން ހުރި ކަންކަން އަންނާނީ ނަމާދުކުރުމުގެ ފަހަތުންނެވެ.  

ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ބާޒާރުތަކެވެ. މާރުކޭޓްތަކެވެ. އެކަމަކު އެނގޭހެއްޔެވެ؟ ޢަބްދުﷲ އިބްން މަސްއޫދުގެ ބަސްފުޅެއްގައިވަނީ މާރުކޭޓެއްގައި އުޅޭއިރުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހަކަށް އެހުރެވެނީ އަޅުކަންކުރުމުގައެވެ. މިބަސްފުޅު ބަޔާންކުރައްވާފައިވަނީ އިބްން ތައިމިއްޔާ ރަޙިމަހުﷲ އެވެ.  

ލިބިގަންނަން އޮތް ފިލާވަޅަކީ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރުމުގައި އުޅުނު ނަމަވެސް އެމީހަކު ﷲ ތަޢާލާގެމަތިން ހަނދުމަކުރާނަމަ އެމީހަކަށް އެހުރެވެނީ އަޅުކަމަކުރުމުގައި ކަމެވެ. އެހެންކަމަށްވާއިރު އެކަމަށް ސަމާލުކަންދީފިނަމަ އަޅުކަންކުރުން ގިނަ ކުރަން އޮންނާނީ ކޮން އުނދަގޫކަމެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން