ވުޟޫކުރާއިރު ގުނަވަނުގަ 1 ފަހަރު ފެންލިޔަސް ވާޖިބުއަދާކުރެވޭއިރު 3 ފަހަރު ފެންލާންވީ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ވުޟޫކުރާއިރު
ގުނަވަނުގަ 1 ފަހަރު ފެންލިޔަސް ވާޖިބުއަދާކުރެވޭއިރު 3 ފަހަރު ފެންލާންވީ ސަބަބު!

 

ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެންލާންވީ އެއީ ރަސޫލް (ﷺ) ގެ ސުންނަތުގައި އެކަން އެގޮތަށް އޮތުމުންނެވެ. ވާޖިބުވެގެންވަނީ 1 ފަހަރު ފެންލުމެވެ. އެ ފަހަރު ގުނަވަނުގައި ފުރިހަމައަށް ފެންޖައްސައިފި ނަމަ ނިމުނީއެވެ. 3 ފަހަރު ފެންލާންވީ ގުނަވަނުގައި ފެންޖެހުނުކަން ޔަޤީންކުރުމަށެވެ.   

ސުވާލު: ވުޟޫކުރާއިރު ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެން ނުލައިފިނަމަ، ވުޟޫ ޞައްޙަވާނެތޯއެވެ؟

ޖަވާބު: ވުޟޫ ކުރާއިރު ވާޖިބަކީ، ދޮންނަން ޖެހޭ ކޮންމެ ގުނަވަނެއްގައި 1 ފަހަރު ފެން ލުމެވެ. އަދި ފުހެން ޖެހޭ ކޮންމެތާކު 1 ފަހަރު ފުހުމެވެ. އެހެންކަމުން ކޮންމެ ގުނަވަނެއްގައި 3 ފަހަރު ފެން ނުލިކަމުގައިވިޔަސް ވުޟޫ ޞައްޙަވާނެއެވެ.  

ސުންނަތްގޮތަކީ، ދޮންނަ ގުނަވަންތަކުގައި ތިންތިންފަށް ކުޅައުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވި އެގޮތަށް ކަންތައްތައް ކުރައްވާފައިވާތީއެވެ.

الشيخ محمد شافع 

--މިއަދުނޫސް

 

މިއަދު އޮންލައިން