މިސަރުކާރުން ރައްޔތުންނަށް ފައިދާކުރާނެ އެއްވެސް ކަމެއް ކޮށްނުދޭކަމަށްބުނެ ރައީސް ނަޝީދާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން މަސްވެރިންގެ ގިނަ ބައަކު ގެންދަނީ ނުރުހުން ފައުޅުކުރަމުންނެވެ.
މަސްވެރިން ފާހަގަކުރާ ފުރަތަމަ ސަބަބަކީ އެމްޑީޕީގެ ސަރުކާރަށް ރައްޔިތުން ނޫނެކެވެ ބުނިއިރު 250 މިލިއަން ވަރަކަށް ރުފިޔާ މަސްވެރިންނަށް ނުދީ ހިފަހައްޓާފައިވަނިކޮށް ރައީސް ޑރ. މުޢިއްޒުގެ ސަރުޚާރުން އެބޮޑު ދަރަނި އަދާކޮށް މިހާރު މަސްވެރިންނަށް ޤަވާއިދުކޮށް ފައިސާ ދޫކުރަމުން ގެންދާކަމެވެ.
ދެން ފާހަގަކުރަނީ ކުރުމއްދަތެއްގެ ތެރޭގައި ގިނަ އައިސް ޕްލާންޓްތަކެއް އުޅުމާއި ސަތޭކައަށްވުރެ ގިނަ ކަނދުފަތި މިހާރުވެސް އަޅާފައި އޮތުމެވެ. ދުނިޔޭގެ ބާޒުރުގައި މަހުގެ އަގަށް ލޮޅުންތައް އަރަމުން އަންނައިރުވެސް އެކަމުގެ އަސަރު މަސްވެރިންނަށް ނުކުރާނެ ގޮތަށް ބޮޑު އަގުގައި މަސްގަންނަމުން ގެންދާކަމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދިއުމުންވެސް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ސަރުކާރުގެ އަގުގައި ތެޔޮވިއްކާ ތަންތަން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރުކުރަމުން ގެންދާ ކަމެވެ.
"އެމްޑީޕީއަކަށްވެސް ރައީސް ޔާމީނަކަށްވެސް މަސްވެރިންނަށް އެހީތެރިވެވިފައެއް. ވެރިކަން ނިމިގެންދަނީ ހުވަފެންތައް ދައްކަމުން. އެމްޑީޕީގެ ދެވަރިކަމުގައިވެސް ދެއްކީ ހުވަފެން. މިސަރުކާރުން ސަމާލުކަންދެނީ ހަމައެކަނި ކަނޑަށް ނުކުމެ ކުރާ މަސްވެރިކަމަކަށް ނޫން. ފަރުމަސްވެރިކަމާ އެހެނިހެން މަސްވެރިކަންމުންވެސް އާމްދަނީ އިތުރުކޮށްދޭން އެގެންދަނީ މަސައްކަތްކުރަމުން. ވީމާ އަހުރެމެން މަސްވެރިން ބުނަން އޮތީ ކުރުިމުއްދަތެއްގައި ރައީސް ޑރ. މުޢިއްޒު މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވައިފިއޭ. އެކަމަށްޓަކައި ޝުކުރުވެރިވަމޭ! އަހަރެމެންގެ ފުރިހަމަ ތާއީދު އެމަނިކުފާނަށް އެބައޮތޭ!"
މިއީވެސް މަސްވެރިންބެފައިވާ ވާހަކަތަކެވެ. މިއީ ތެދުކަން ހާމައަށް އެހުރީ ފެންނާށެވެ! ވީމާ ބައަކު ވެރިކަމަށް ދަހިވެތިވެ ރައްޔިތުންނަށް ކަންކަން އޮޅުވާލަން މަސައްކަތްކުރިނަމަވެސް އެއީ ނަތީޖާ ޙާޞިލްކުރެވޭނެ ކަމެއް ނޫނެވެ!