އުތުރު ބަނދަރު ޖެޓީ މަޝްރޫއު: ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އުތުރު ބަނދަރު ޖެޓީ މަޝްރޫއު: ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

މާލެ އުތުރު ފަރާތު ބަނދަރުގައި ތަރައްގީކުރަމުން އަންނަ ފިންގަރ ޖެޓީތަކުގެ ތަނބު ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ނިންމައި، ކޮންކްރީޓް މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ 15 މީޓަރުގެ ޖެޓީތަކުގެ ތަނބު ޖެހުމާއި، އެ ތަނބުތަކަށް ބޭނުންވާ ދަގަނޑު އެޅުމުގެ (ރެއިންފޯސްމަންޓް) މަސައްކަތްތަކެވެ.

ޖުމްލަ 18.98 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމުމުމާއެކު، ބަނދަރުގައި ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ. އަދި ބޭރުގައި އޮންނަ ލޯންޗުތަކަށް އެރުމުގައި ދިމާވާ އުނދަގޫތައް ނިމުމަކަށް އައިސް، ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލޯންޗުތަކަށް އެރިއަރައި އުޅުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މިއަދު އޮންލައިން