ހއ. އަތޮޅުގެ ކަރަންޓު ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ހއ. އަތޮޅުގެ ކަރަންޓު ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ހއ. އަތޮޅުގެ ރަށްތަކަށް ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

މި ބަދަލާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަދި އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ކުންފުނީގެ މައިގަނޑު އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ކަށަވަރުކޮށްދިނުމެވެ.

މިއަދު އޮންލައިން