އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާ ކަންކަން ފުރިހަމަވެފަ ހުންނައިރުވެސް އުފާވެރިކަން ނުލިބޭ 2 ސަބަބާ އެކަމަށް އޮތް ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާ
ކަންކަން ފުރިހަމަވެފަ ހުންނައިރުވެސް އުފާވެރިކަން ނުލިބޭ 2 ސަބަބާ އެކަމަށް އޮތް
ޙައްލު!

 

"ދިރިއުޅޭނެ ގެދޮރުވެސް އެބަހުއްޓެވެ. އަތުގައި ފައިސާވެސް އެބަހުއްޓެވެ. ކައިވެނީގައި ދަރިންވެސް ވަނީ ލިބިފައެވެ. މާނައަކީ އުފަލުގައި ދިރިއުޅެން ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއްވެސް ވަނީ ލިބިފައެވެ. އެކަމަކު ހިތްހަމަޖެހުމެއް ނުލިބެއެވެ. ކައިވެނި ރޫޅެނީއެވެ."  

ސުވާލަކީ މިހެން މިވަނީ ކީއްވެގެންތޯއެވެ؟  

މިއީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. ނުވަތަ ސުވާލެކެވެ. މިޙާލަތުގައި ފުރަތަމަ ކަމަކަށް ބަލަންޖެހޭނެ ކަމަކީ ދެމަފިރިންމެދުގައި ހުރި މައްސަލަތަކާއިމެދު ވިސްނޭ މިންވަރެވެ. އުފާވެރިކަން ލިބެންޖެހޭނެ ހުރިހާ ވަސީލަތްތަކެއް ލިބިފައިވީނަމަވެސް އުފާވެރިކަން ނުލިބިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟  

ދެމަފިރިން އެކުގައި ތިބެ މަޝްވަރާކުރާށެވެ. ދެމީހުންގެ ކިބައިންވެސް އުނި ކަންތައްތަކެއް ފެންނާނެއެވެ. އެންމެ ގިނައިން ފެންނާނީ އަނެކާއަށް ދޭންޖެހޭ ސަމާލުކަން ނުދެވިވާތަނެވެ. އެކަމުގައި އިހްމާލުވެވޭތަނެވެ. ރުޅިނައިސް ލޯބިން ތިބެ އެކަންކަމަށް މަޝްވަރާނުކުރާނަމަ ކައިވެނި ދެމެހެއްޓުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.  

ދެން މިފާހަގަކުރަނީ އަހުރެންގެ ވިސްނުމުން އެންމެ މުހިންމު ކަންތަކެވެ. އެއީ ދެމީހުން އެކަކު އަނެކަކަށް ތެދުވެރިވިނަމަވެސް ﷲ ތަޢާލާއަށް ތެދުވެރިނުވެވޭ މައްސަލައެވެ. ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ފޭލްވެވޭ ކަމެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައި ފޭލްވާނަމަ ހީވެސް ނުކުރެވޭނެ ގޮތްގޮތުން ދިރިއުޅުމަށް އެކަމުގެ އަސަރުކުރާނެއެވެ. އުފާވެރިކަން ގެއްލޭނެއެވެ. ހިތްދަތިކަން ކުރިމަތިވާނެއެވެ.  

އަހުރެން މިބަޔާންކުރި 2 ކަންތަކުގައި ދެމަފިރިންވެސް ނިކަން ޘާބިތުވެތިބެބަލާށެވެ! ސުވާލުގައި އެވާފަދަ ހުރިހާ ކަންކަން ދާނީ ޙައްލުވަމުންނެވެ. އިން ޝާ ﷲ  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން