ދަތުރެއްގެ މަތީގަވިޔަސް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ބޭނުންނަމަ ލުއިގޮތުގަ ހިފާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދަތުރެއްގެ މަތީގަވިޔަސް ނަމާދުތަކަށް
ރައްކައުތެރިވާށެވެ! ބޭނުންނަމަ ލުއިގޮތުގަ ހިފާށެވެ!

ދަތުރެއްގެ މަތީގައި އުޅުނަސް ނަމާދުތަކަށް

ރައްކައުތެރިވާންވާނެއެވެ. ދަތުރުކުރުމަކީ ނަމާދުއެޅުން ހުއްދަވާ ސަބަބެއް ނޫނެވެ. ދަތުރުމަތީގައި ނަމާދުނުކޮށްހުރެފައި ދަތުރު ނިންމުމަށްފަހު އަލުން ނަމާދުކުރަން ފެށުމަކީ އެކަންކުރަން އޮތްގޮތެއް ނޫނެވެ.

ސުވާލު:. ދަތުރުވެރިން އެންމެ ރަނގަޅީ ކިހިނެއް ނަމާދު ކުރުންތޯ؟ އެ ނަމާދެއްގެ ވަޤުތުގައި ފުރިހަމައަށް  ކުރުންތޯ؟ ޤަޞްރު ކުރުންތޯ؟ އިސްކޮށް ފަސްކޮށް ކުރުންތޯ؟

ޖަވާބު:. އެންމެ ރަނގަޅު ގޮތަކީ ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަޤުތުގައި ކުރުމެވެ. ދަތުރުވެރިންނަށް 4 ރަކްޢަތުގެ ނަމާދު 2 ރަކްޢަތަށް ކުރުކޮށްގެން ކުރެވޭނެއެވެ. ކޮންމެހެން މުހިންމު ކަމެއް އޮވެގެން ނޫނީ ޖަމްޢުނުކުރުމެވެ.

-- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް  

ދަތުރެއްގެ މަތީގައި އުޅުނަސް ނަމާދުނުއަޅާށެވެ! ބޭނުންނަމަ ދަތުރުވެރިޔާއަށް ދެއްވަވާފައިވާ ކުއިފަސޭހަތަކުގެ ބޭނުން ހިފައިގެންނަމަވެސް ނަމާދުކުރަން މަސައްކަތްކުރާށެވެ!

 

މިއަދު އޮންލައިން