ކަމެއް ކުރިމަތިވާއިރަށް އެކަންބޮޑުވެ ނަފްސާނީ މައްސަލައަކަށްވުމަށް މެދުވެރިވާ 3 ސަބަބާ އެކަމަށް އޮތް ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކަމެއް ކުރިމަތިވާއިރަށް އެކަންބޮޑުވެ ނަފްސާނީ މައްސަލައަކަށްވުމަށް މެދުވެރިވާ 3 ސަބަބާ އެކަމަށް އޮތް ޙައްލު!

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނަފްސާނީ ބައްޔަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ކޮންމެވެސް މިންވަރަކަށް ހުންނާނެ ބައްޔެއް ކަމަށެވެ. އެބަލި ބޮޑުވެ މުޞީބާތަކަށްވަނީ ތިމާގެ އަމިއްލަ ނަފްސަށް ކުރަންޖެހޭ އިތުބާރު ގެއްލުވައިލެވޭތީކަމަށެވެ. ﷲ ތަޢާލާ ތިމާއާއިއެކު ވޮޑިގެންވާކަން ޤަބޫލުކުރެވޭ މިންވަރުކުޑަވުމުން ކަމަށެވެ.  

ނަފްސާނީ ބަލީގެ މީހުން މިއަދު ގިނަވަމުންދާ އެންމެ ބޮޑު 3 ސަބަބަކީ: 1 ކޮންމެވެސް މީހަކު ދީފާނެ ގެއްލުމަކާއިމެދު މާބޮޑަށް ވިސްނޭތީއެވެ! 2 މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ސަލާމަތް ނުވެވިދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ! 3 ތިމާއަކީ އެކަނިވެރިއެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.  

ޙަޤީޤަތަކީ އެއްވެސް މީހަކީ އެކަނިވެރިއެއް ނޫން ކަމެވެ. ﷲ ތަޢާލާއަށް ތެދުވެރިވެ އިޚްލާޞްތެރިވެ ވަކީލުކުރާ ކޮންމެ މީހަކާއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. ކޮންމެ މީހަކާއިމެދުގައިވެސް ﷲ ތަޢާލާ ރަހްމަތުގެ ބެއްލެވުމުން ބައްލަވައިވޮޑިގެންވެއެވެ. އެމީހާއަށް ކުރިމަތިވެފައިވާ ތަކްލީފްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް ﷲ ތަޢާލާއެވެ!  

އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ހިތުގެ އަޑިން ޤަބޫލުކޮށް ޔަޤީންކޮށްގެން ހުންނަ މީހަކަށްވުރެ އުފަލުގައި ދުނިޔޭގައި އުޅެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! އެކަން ޤަބޫލު ނުކުރެވޭ މީހާގެ ވަށައިގެން ކިތަންމެ ގިނަ ބައަކު ތިބި ނަމަވެސް އެމީހާ އަބަދުވެސް ހުންނާނީ ހިތްހަމަ ނުޖެހުމާއި ބިރުވެރިކަމުގެ ތެރޭގައެވެ. މިއީ މުޅި ދުނިޔެ އަބަދުވެސް ކުރަމުންދާ ތަޖުރިބާއެވެ! ޢިބްރަތް ޙާޞިލުކުރާށެވެ! 

މުޞީބާތެއް ކުރިމަތިވެދާނެ ކަމަށް ބިރުން އެކަމަށް ވިސްނަން ވަގުތު ހޭދަކުރުމަކީ ބޭކާރު ކަމެކެވެ. އެހެނީ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާ އެކަމެއް މިންވަރު ކުރެއްވެވުމުންނެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވައިފި މުޞީބާތެއް ހުއްޓުވޭނެ ހަމައެކަކުވެސް ނުހުންނާނެ އެވެ. މުޅި ދުނިޔެ ބޭނުންވި ނަމަވެސް އެކަމެއް ނުހުއްޓުވޭނެއެވެ!  

ވީމާ މުސްލިމުންނަށް އަބަދުވެސް އޮތީ ﷲ ތަޢާލާއަށް ވަކީލުކުރުންމަތީގައި ސާބިތުވުމާއި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ކުރިމަތިވެދާނެ މުޞީބާތާއި މެދު ވިސްނާ މީހަކަށް އޭނާ އެކަމަށް ވިސްނާ ވިސްނުންވެސް ވާނީ މުޞީބާތަކަށެވެ! އެކަމުގެ ސަބަބުން މީހާ ދާނީ ނަފްސާނީ ގޮތުން ބަލިކަށިވަމުންނެވެ. ހިތްވަރު އެލެމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން