ސަރުކާރުގެ ވަޒީރުންނާ ސީދާ ސުވާލުކޮށް، ވުޒާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލު ހޯދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ، ދެ ގަޑިއިރުގެ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހިންގާ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރުމާއި، ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް، އެކަމުގެ އެންމެ އިސް މަސްއޫލުވެރިން މެދުވެރިކޮށް ސީދާ ޖަވާބު ދިނުމެވެ.
މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު
- މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު، ހަސަން ޒަރީރު
- މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު، އަލީ ޝަރީފް
މި ފޯރަމްގެ ތެރެއިން އެ ވުޒާރާތަކާ ގުޅުންހުރި ދާއިރާތަކުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިގެންދާނެއެވެ